ޢިރާޤުގައި ހުރި ހޮހޮޅައެއް ބަލައި ފާސްކުރުމުގެ އޮޕަރޭޝަނެއްގެ ތެރެއިން ތުރުކީވިލާތުގެ ސިފައިންގެ ބަޔަކު ގޭސް ވިހަވެގެން މަރުވެއްޖެއެވެ.
ތުރުކީވިލާތުގެ ދިފާޢީ ވުޒާރާއިން ބުނީ، އިރާޤުގެ އުތުރުގައި ހުރި ހޮހޮޅައެއް ބަލައި ފާސްކުރަން ވަން ސިފައިންގެ މީހުންގެ ތެރެއިން 12 މީހުން މަރުވެފައިވާ ކަމަށެވެ.
އެ މީހުން މަރުވެފައިވަނީ ނުރައްކާތެރި މީތޭން ގޭސް ވިހަވެގެންކަމަށް ވެސް އެ ވުޒާރާއިން ބުންޏެވެ.
އެ މީހުން އެ ހޮހޮޅައަށްވަނީ، ތުރުކީވިލާތުގައި ހަރަކާތްތެރިވާ ހަނގުރާމަވެރި ޖަމާޢަތެއް ކަމަށްވާ ކުރުދީންނާ އެކު ޙަމަލާތައް ބަދަލުކުރުމުގެ ތެރެއިން މަރުވި ތުރުކީވިލާތުގެ ސިފައިންގެ މީހެއްގެ ހަށިގަނޑު ހޯދުމަށް ހިންގި އޮޕަރޭޝަނެއްގައި ކަމަށް ވެސް ބުނެފައިވެއެވެ.
އެ ހާދިސާގައި ގޭސް ވިހަވި ބާކީ ސިފައިންގެ މީހުން، ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުންދާ ކަމަށް އެ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުންޏެވެ.