ޚަބަރު

ފަށާތަޢުލީމު މަރުހަލާގެ ފުރަތަމަ ފޮތް ސެޓު ނެރެފި


  • މިއީ މިފަދަ ގޮތަކަށް ރާއްޖޭގައި ނެރެވޭ ފުރަތަމަ ފޮތް ސެޓް

  • ފޮތްތައް އެކުލަވައިލާފައިވަނީ ޕްރީ ސްކޫލުތަކުގައި ވެސް ބޭނުން ކުރެވޭ ގޮތަށް

  • މި ފޮތް ސެޓުގައި ބޭބީ ނާސަރީ، ނާސަރީ، އެލްކޭޖީ އަދި ޔޫކޭޖީ މަރުޙަލާގެ ފޮތް ހިމެނޭނެ

ފަށާތައުލީމު މަރުހަލާގެ ފުރަތަމަ ފޮތް ސެޓް ނެރެފިއެވެ. މިފޮތް ސެޓް ނެރެދެއްވީ އިސްލާމީ ކަންތައްތަކާ އައުޤާފާއި ބެހޭ ވަޒީރު އަދި މިމަޝްރޫގެ މަސްޢޫލުވެރިޔާ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދެވެ.

މި ފޮތް ނެރުމަށް ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ، މިއީ ޚާއްސަ އިސްކަމެއްދީގެން ކުރިއަށްގެންދިޔަ ތަޢުލީމީ ތަރުބަވީ އިސްލާމީ މުހިންމު މަޝްރޫޢެއް ކަމަށެވެ. އަދި މިއީ 2021 ގައި ފެށި މަޝްރޫޢެއްކަމަށާއި 65 ފޮތް ހިމެނޭ މި މަޝްރޫޢުގައި ބޭބީ ނާސަރީ، ނާސަރީ، އެލްކޭޖީ އަދި ޔޫކޭޖީ މަރުޙަލާގެ ފޮތް ހިމެނޭނެކަމަށެވެ.

"މިއީ ވަރަށް ޚާއްޞަ އަހައްމިއްޔަތުކަމެއް ދީގެން ކުރިއަށް ގެންދިޔަ ތަޢުލީމީ ތަރުބަވީ އިސްލާމީ މުހިންމު މަޝްރޫޢެއް ކަމަށެވެ. އަދި މިއީ 2021 ގައި ފެށި މަޝްރޫޢެއްކަމަށާއި 65 ފޮތް ހިމެނޭ މި މަޝްރޫޢުގައި ބޭބީ ނާސަރީ، ނާސަރީ، އެލްޖޭޖީ، ޔޫކޭޖީ މަރުޙަލާގެ ފޮތް ހިމެނޭ." ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ، މި މަރުޙަލާތަކުގައި ޤައުމީ މަންހަޖުގައި ހިމެނޭ ހުރިހާ މާއްދާތަކެއްގެ ފޮތްތަކުގެ އިތުރުން، އިސްލާމީ އަދަބު އަޚްލާޤައި ޢަރަބި މާއްދާއެއް ވެސް ހިމެނޭނެކަމަށެވެ.

މިއީ އިސްލާމީ ފަލްސަފާގެ މައްޗަށް ފައުންޑޭޝަން ސްޓަޑީސް މަރުޙަލާގެ ފޮތްތަކެއް ނެރުމަށް ކުރެވުނު މުހިންމު މަސައްކަތެއްގެ ނަތީޖާއެވެ. މިއަދު ނެރެފައިވަނީ ބޭބީ ނާސަރީގެ 16 ފޮތެވެ. ބާކީ 49 ފޮތް ނެރުމުގެ މަސައްކަތް ކުރިއަށްދާކަމަށާއި، ހުރިހާ ފޮތެއްވެސް ލިޔެ ނިމިފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ. މިއީ މިފަދަ ގޮތަކަށް ރާއްޖޭގައި ނެރެވޭ ފުރަތަމަ ފޮތް ސެޓެވެ.

ވަޒީރު ވިދާޅުވީ، މި ފޮތްތައް އެކުލަވައިލެވިފައިވަނީ ބެލެނިވެރިންނަށް ވެސް ގޭގައި ދަރީންނަށް ކިޔަވައި ދެވޭ ގޮތަށާއި، ފައުންޑޭޝަން މަރުހަލާގައި ޕްރީ ސްކޫލުތަކުގައި ވެސް ބޭނުން ކުރެވޭ ގޮތަށްކަމަށެވެ.

އިސްލާމީ ތަރުބަވީ ފަލްސަފާގެ އަލީގައި ތައްޔާރުކޮށްފައިވާ މި ފޮތް ސެޓް، ލިޔެ އެކުލަވައިލެއްވީ ނޭޝަނަލް އިންސްޓިޓިއުޓް ފޯ އެޑިއުކޭޝަންގެ ކުރީގެ ކަރިކިއުލަމް ޑިވެލޮޕަރ މަރިޔަމް ޝަޒްނާއެވެ. ޤުރްއާން މާއްދާގެ ފޮތް ތައްޔާރުކުރެއްވުމުގައި ޢާބިދާ މިސް ބައިވެލެއްވިއެވެ. ބޭބީ ނާސަރީގެ ޢަރަބި މާއްދާގެ ފޮތް ތައްޔާރު ކުރެއްވީ ނީނާ މިސްއެވެ. ފޮތްތަކުގެ ކުރެހުންތައް ތައްޔާރުކޮށް ޑިޒައިން ކުރީ ޚަދީޖާ ޢަބްދު ﷲ އެވެ.