ޚަބަރު

މިއަހަރު ނިމުމުގެ ކުރިން ހުރިހާ އަތޮޅެއްގައި އާރްޓީއެލްގެ ޚިދުމަތް ފަށާނެ ކަމަށް ވީ ވަޢުދު ފުއްދިގެންދާނެ: ރައީސް


  • މިއަދު ވަނީ ރ އަތޮޅުގެ ރަށްތަކަށް ފެރީގެ ޚިދުމަތް ފަށާފައި

  • އަންނަ މަހު ބ.އަތޮޅަށް ފެށުމަށް ދަނީ ތައްޔާރުވަމުން

މިއަހަރު ނިމުމުގެ ކުރިން ހުރިހާ އަތޮޅެއްގައި އާރްޓީއެލް ފެރީ ޚިދުމަތް ފަށާނެ ކަމަށް ވީ ވަޢުދު ފުދިގެންދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ޖޫން މަސް ނިމުމުގެ ކުރިން ރ.އަތޮޅުގައި އާރްޓީއެލް ފެރީ ޚިދުމަތް ފެށުމަށް ވީ ވަޢުދާ އެއްގޮތަށް، މިއަދު ރ. އަތޮޅު ފެރީ ޚިދުމަތް ފަށާފައިވާކަމަށް ވިދާޅުވެ އެކްސްގައި ކުރެއްވި ޕޯސްޓުގައެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ، ރ އަތޮޅުގައި އާރްޓީއެލްގެ ޚިދުމަތް ފެށިގެން ދިއުމާ ގުޅިގެން އަތޮޅުގެ ރައްޔިތުންނަށް މަރުހަބާ ދަންނަވާފައެވެ.

ރ އަދި ބ އަތޮޅުގައި އާރްޓީއެލްގެ ޚިދުމަތް މިއަހަރުގެ ޖުލައި މަސް ނިމުމުގެ ކުރިން ފައްޓަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މިއަހަރު ޖެނުއަރީ މަހު ރ. އަތޮޅުގެ ރަށްތަކަށް ކުރެއްވި ދަތުރުފުޅުގައި، ރ.އުނގޫފާރު ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސް ވިދާޅުވީ ޖޫން މަސް ނިމުމުގެ ކުރިން ރ. އަތޮޅުގައި އާރްޓީއެލް ފެރީގެ ޚިދުމަތް ފަށާނެކަމަށާއި، ޖުލައި މަސް ނިމުމުގެ ކުރިން ބ. އަތޮޅުގައި ޚިދުމަތް ފަށަނެކަމަށެވެ.


އެކްސްފައި ކުރެއްވި ޕޯސްޓްގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ވަޢުދާ އެއްގޮތަށް ރ. އަތޮޅުގައި ޚިދުމަތް ފަށާފައިވާއިރު، ޖުލައި މަސް ނިމުމުގެ ކުރިން ބ އަތޮޅުގައި ފެރީ ގެ ޚިދުމަތް ފަށާނެ ކަމަށް ވެވަޑައިގެންނެވި ވަޢުދާ އެއްގޮތަށް އެ އަތޮޅުގައިވެސް ޚިދުމަތް ފައްޓަވާނެކަމަށެވެ. ރައީސް ވިދާޅުވީ އެކަމަށްޓަކައި ކުރަންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ދަނީ ކުރިޔަށްދާކަމަށެވެ.

އަދި ސަރުކާރުގެ ޢަމާޒާ އެއްގޮތަށް ދެން ހުރިހާ އަތޮޅެއްގައި މިއަހަރު ނިމުމުގެ ކުރިން ފެރީ ޚިދުމަތް ފަށާނެ ކަމަށް ވީ ވަޢުދުވެސް ފުދިގެންދާނެކަމަށެވެ. އެކަމަށް ކުރަންޖެހޭ ހުރިހާ މަސައްކަތްތައް ކުރިއަށްދާކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.

ރ. އަތޮޅުގައި ފުރަތަމަ ފަށާފައިވަނީ ތަޖުރިބާ ދަތުރުތަކެވެ. އެ އަތޮޅުގައި މީހުން ދިރިއުޅޭ 15 އަށް އޮންނައިރު، 3 ރޫޓަކަށް އެ އަތޮޅުގައި ދަތރުރުތައް ވަނީ ފަށާފައެވެ.