ކުޅިވަރު

ގްރީޒްމަން އެއްބަސްވުން އައުކޮށްފި


އެތުލެޓިކޯ މެޑްރިޑާއެކު ހަދާފައިވާ އެއްބަސްވުން ފްރާންސްގެ ފޯވާޑް އެންޓޮއިން ގްރީޒްމަން އައުކޮށްފިއެވެ.

އުމުރުން 34 އަހަރުގެ ކުޅުންތެރިޔާ އެތުލެޓިކޯއާއެކު އެއްބަސްވުން އާކުރީ އެއް އަހަރު ދުވަހަށެވެ. މިހެންވެ އައު އެއްބަސްވުމާއެކު 2017 ވަނަ އަހަރާ ހަމަ އަށް އޭނާ ނުޅޭނީ އެތުލެޓިކޯގަ އެވެ.

ގްރީޒްމަން އަކީ އެތުލެޓިކޯގެ ތާރީހުގައި އެ ކުލަބަށް އެންމެ ގޯލު ޖަހައިދިން ކުޅުންތެރިޔާ އެވެ. ދެ ފަހަރެއްގެ މަތީން އެތުލެޓިކޯ އަށް ކުޅެ އޭނާ ވަނީ އެ ކުލަބަށް 197 ގޯލު ޖަހައިދީފަ އެވެ. މި ހުރިހާ ގޯލެއް ޖަހާފައިވަނީ ޖުމުލަ ނުވަ ސީޒަނުންނެވެ.

އޭނާ އެންމެ ފުރަތަމަ އެތުލެޓިކޯއާ ގުޅުނީ 2014 ވަނަ އަހަރު އެވެ. އޭގެ ފަހުން ބާސެލޯނާ އަށް ދެ ސީޒަނުގައި ކުޅުދިނުމަށްފަހު އަނެއްކާ ވެސް ބަދަލުވީ އެތުލެޓިކޯ އަށެވެ. އޭނާ މި ފަހަރު އެތުލެޓިކޯގެ އެއްބަސްވުން އާކުރީ އެމެރިކާ ލީގުގެ ޓީމުތަކުން އޮފާތަކެއް ލިބިފައިވަނިކޮށެވެ.

2018 ވަނަ އަހަރުގެ ވޯލްޑް ކަޕް ފްރާންސަށް ހޯދައިދޭން މޮޅަށް ކުޅުނު ކުޅުންތެރިޔާ އެތުލެޓިކޯގެ އެއްބަސްވުން އާކުރުމުން އެ ކުލަބަށް ވެސް ފައިދާތަކެއްވެ އެވެ. އެއީ އޭނާގެ މުސާރަ އިތުރު އަހަރުތަކަކަށް ބަލާހައިގެން ދޭން ފުރުސަތު ލިބުމެވެ. މިއީ ސްޕެނިޝް ލީގުގެ މުސާރައިގެ ލިމިޓް އޮންނަ ގޮތުން އެތުލެޓިކޯއަށް އެހެން ކުޅުންތެރިން ލައްވައި ސޮއި ކުރުވުމަށް ވެސް ލިބޭނެ ބާރަކަށްވާނެ އެވެ.

އޭނާ ވަނީ ކެރިއަރު ނިންމާލުމުގެ ކުރިން އެމެރިކާ ލީގުގައި ކުޅެން ބޭނުންވާ ކަމަށް ތަކުރާރުކޮށް ބުނެފަ އެވެ. މިހެންވެ އެތުލެޓިކޯގެ އެއްބަސްވުން ހަމަވުމުގެ އެއް ސީޒަން ކުރިން އޭނާ އެމެރިކާ ލީގަށް ބަދަލުވުމަކީ އަދިވެސް ވަރަށް ގާތުގައިވާ ކަމެއް ކަމަށް ވެސް ގިނަ ބަޔަކު މިހާރު ވަނީ ބުނަން ފަށައިފަ އެވެ.

ގްރީޒްމަން ވަނީ އެތްލެޓިކޯގައި ސްޕެނިޝް ސުޕަ ކަޕާއި ޔޫރޮޕާ ލީގާއި ޔޫއޭފާ ސުޕަ ކަޕް ކާމިޔާބު ކޮށްފަ އެވެ. ނަމަވެސް ސްޕެނިޝް ލީގުގެ ތަށީގައި އަދި އަތްޖައްސާ ނުލެވެ އެވެ.