1446ވަނަ އަހަރުގެ އަޟްޙާ ޢީދު ނަމާދު، މާލޭގެ 4 ސަރަޙައްދެއްގައި ބޮޑު ޖަމާޢަތުގެ އިތުރުން 24 މިސްކިތެއްގައި ކުރާގޮތަށް އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން ހަމަޖައްސަވައިފިއެވެ.
ފަހަކަށް އައިސް ފިޠުރު ޢީދާއީ އަޟްހާ ޢީދު ނަމާދު ބޮޑު ޖަމާޢަތުގައި ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް އަންނަނީ ކުރަމުންނެވެ. އެގޮތުން، މާލެ ސަރަހައްދުގެ މާލެއާއި ވިލިމާލެ އަދި ހުޅުލޭގައިވެސް މިއަހަރުގެ އަޟްހާ ޢީދު ނަމާދު ބޮޑުޖަމާޢަތުގައި ކުރާނެކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވީ މިއަހަރުގެ އަޟްހާ ޢީދު ނަމާނު ބޮޑުޖަމާޢަތުގައި މާލޭގެ ހަތަރު ސަރަހައްދެއްގައި ކުރާނެ ކަމަށެވެ. އެގޮތުން، މާލޭގެ މާފަންނު ސްޓޭޑިއަމް ސަރަޙައްދާއި، ވިލިމާލޭ ފުޓްބޯޅަދަނޑު އަދި ހުޅުމާލޭގެ ސްޓޭޑިއަމް އަދި ހުޅުމާލެ ފޭސް ދޭއްގެ ކުރިކެޓް ސްޓޭޑިއަމް ބިމުގައި ބޮޑުޖަމާޢަތުގައި ނަމާދު ކުރާނެއެވެ.
ބޮޑު ޖަމާޢަތުގައި މާލެ ސަރަހައްދުގެ 4 ތަނެއްގައި އަޟްހާ ޢީދު ނަމާދު ކުރުމަށް ނިންމާފައިވާއިރު ޖުމްލަ 24 މިސްކިތެއްގައި ޢީދު ނަމާދު ކުރާނެ ކަމަށްވެސް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.
މަސްޖިދުއް ސުލްޠާން މުޙައްމަދު ތަކުރުފާނުލް އަޢުޡަމް
މަސްޖިދު މަލިކި ސަލްމާން
މަސްޖިދުއް ސުލްޠާން މުޙައްމަދު ބިން ޢަބްދިﷲ
މަސްޖިދުލް ފުރްޤާން
މަސްޖިދުއް ނޫރު
މަސްޖިދުއް ޝަހީދު ޢަލީ
މަސްޖިދުއް ސުލްޠާން ޙަސަން ޢިއްޒުއްދީން
މަސްޖިދުއް ސުލްޠާން މުޙައްމަދު ފަރީދުލް އައްވަލް
މަސްޖިދުއް ޝަހީދު ޢަބްދުއްރަޙްމާން (ފަނޑިޔާރު މިސްކިތް)
މަސްޖިދުއް ސުލްޠާން މުޙައްމަދު ޝަމްސުއްދީން
މަސްޖިދު ޞަލާޙުއްދީން
މަސްޖިދު ޖަލާލުއްދީން
މަސްޖިދު އިބްރާހީމް (އިބްރާހީމީ މިސްކިތް)
މަސްޖިދު އިސްކަންދަރު
ވަގުތީ މިސްކިތް (ބޮޑުގެ)
މަސްޖިދުއް ސުލްޠާން މުޙައްމަދު ޢިމާދުއްދީން
މަސްޖިދުއް ޝައިޚް މުޙައްމަދު ޖަމީލްދީދީ
މަސްޖިދު ޢަފީފުއްދީން
ޒިޔާރަތް މިސްކިތް
މަސްޖިދުއް ޝައިޚް ޤާސިމް ބިން މުޙައްމަދު އާލް ޘާނީ (ހުޅުމާލެ)
ހުޅުމާލެ ވަގުތީ މިސްކިތް (ނޭބަރހުޑް 3)
މަސްޖިދު އަބީބަކްރިނިއް ޞިއްދީޤު (ހުޅުމާލެ ފޭސް 2)
މަސްޖިދު ޢުޘްމާނު ބިން ޢައްފާން (ހުޅުމާލެ ފޭސް 2)
މަސްޖިދު އަމީލް ޖަލީލް (ހުޅުމާލެ ފޭސް 2)
މަސްޖިދުއް ސަބީލް (ހުޅުލެ)
މަސްޖިދުލް އިންތިޞާރު (ހުޅުލެ)
ބޮޑު ޖަމާޢަތް ހެދުމަށް ހަމަޖެހިފައިވާ މައިދާންތަކުގެ އިތުރުން މަތީގައި ބަޔާންކުރެވިފައިވާ މިސްކިތްތަކުގައި ޢީދު ނަމާދުކުރުން ކުރިއަށް ދާނެކަމަށް އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން ވިދާޅުވިއެވެ.
މޫސުން ގޯސްވުމުގެ ސަބަބުން ޢީދުގެ ބޮޑު ޖަމާޢަތް ހެދުމަށް ކަނޑައެޅިފައިވާ 4 ސަރަޙައްދުގައި، ޢީދުގެ ބޮޑު ޖަމާޢަތް ނުބޭއްވޭ ފަދަ ޙާލަތެއް މެދުވެރިވެއްޖެނަމަ، ޢާންމު ގޮތެއްގައި މާލެއާއި ވިލިމާލެ އަދި ހުޅުމާލޭގައި ހުކުރު ނަމާދު ކުރެވޭ ހުރިހާ މިސްކިތްތަކެއްގައި ޢީދު ނަމާދުކުރެވޭނެކަމަށްވެސް އެ ވުޒާރާއިން ފާހަގަކުރެއްވިއެވެ.
ޢީދު ނަމާދު ފެށުމަށް ހަމަޖެހިފައިވަނީ ހެނދުނު 7:00 ގައެވެ.
1446 ވަނަ އަހަރުގެ އަޟްޙާ ޢީދު ދުވަހަކީ، 06 ޖޫން 2025 ވާ ހުކުރު ދުވަހެވެ.