ފަތުރުވެރިކަން ކުރިއެރުވުމަށާއި އަސްކަރީ ގޮތުން ގުޅުން ބަދަހިކުރުމަށް ރާއްޖެއާ އޮސްޓްރޭލިޔާއިން މަޝްވަރާކޮށްފިއެވެ.
މި މަޝްވަރާތައް ބާއްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޙުސައިން މުޙައްމަދު ލަޠީފް، ރާއްޖެއަށް މިހާރު ވަޑާއިގެން އުޅުއްވާ އޮސްޓްރޭލިޔާގެ ޑެޕިއުޓީ ޕްރައިމް މިނިސްޓަރ އަދި އެ ޤައުމުގެ ދިފާޢީ ވަޒީރު ރިޗަރޑް މާލެސްއާއެކު ބޭއްވެވި ބައްދަލުވުމުގައެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ ކުރިއެރުވަމަށާއި އަސްކަރީ ދާއިރާއިން ގުޅިގެން މަސައްކަތްކުރުމަށް މަޝްވަރާކުރެއްވިއެވެ. އަދި ތިމާވެށި ހިމާޔަތްކުރުމާއި މޫސުމީ ބަދަލުތަކުގެ ސަބަބުން ދިމާވާ ދަތިތަކުން އަރައިގަތުމަށް މަސައްކަތްކުރުމަށްވެސް މަޝްވަރާކުރެއްވިއެވެ.
މި ބައްދަލުވުން ނިންމާލަމުން 2 ބޭފުޅުންވެސް ވަނީ ގުޅުންތައް އިތުރަށް ވަރުގަދަކުރުމަށް މަސައްކަތްކުރައްވާނެކަން ފާހަގަކުރެއްވިއެވެ.