65 ބައިވެރިވެރިންނާއި އެކު ބޭއްވި މިއަހަރުގެ ޔޫތު ކޭމްޕް ކާމިޔާބު ކަމާއެކު ނިންމާލައިފިއެވެ.
މި ކޭމްޕު ކުރިއަށްގެންގޮސްފައި ވަނީ ކުޑަގިރީގައެވެ.
ޒުވާނުން ބާރުވެރިކުރުވުމާއި މަޢުލޫމާތާއި ފަންނާ ބެހޭ ވުޒާރާ އިން ވިދާޅުވީ އެއް ދުވަހަށް ކުރިއަށް ގެންދިޔަ މި ކޭމްޕުގައި ޖުމްލަ 65 ޒުވާނުން ބައިވެރިވި ކަމަށެވެ. ތަފާތު ގިނަ ކުޅިވަރުތަކާއި ދިރިއުޅުމުގައި ބޭނުން ހިފޭނެ ތަފާތު ހުނަރުތައް ވަނީ ކޭމްޕްގެ ބައިވެރިންނަށް ދަސްކޮށްދީފައެވެ. އަދި މި ކޭމްޕްގައި ބައިވެރިވި ފަރާތްތަކަށްވަނީ ސެޓްފިކެޓުވެސް ދީފައެވެ.
ޔޫތް ކޭމްޕް ނިންމާލުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޒުވާނުން ބާރުވެރިކުރުމާ މައުލޫމާތާ ފަންނާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަލީ ޝައްމާން ވިދާޅުވީ މި ކޭމްޕުން ދަސްވި ފިޔާވަޅުތަކުގެ ބޭނުން ބައިވެރިން ހިފާނެކަމަށް އުއްމީދުކުރައްވާ ކަމަށެވެ. އަދި މި ކޭމްޕްގެ އެންމެ ބޮޑު އެއްބޭނުމަކީ ވެސް އެއީ ކަމަށް ސްޓޭޓް ވިދާޅުވިއެވެ.
"ކުރިއަށް އޮތް ތާގައި މި ކޭމްޕްއިން ދަސްވި ފިލާވަޅުގެ ބޭނުން ގައި ދިރިއުޅުމުގައި ހިފަން ޖެހޭނެ. އެއީ މިކަހަަލަ ކޮންމެ ޕްރޮގްރާމެއްގެ އެންމެ ބޮޑު އެއްބޭނުމަކީ" މައުލޫމާތާ ފަންނާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަލީ ޝައްމާން ވިދާޅުވިއެވެ.
ޔޫތް ކޭމްޕުގައި ބައިވެރިވި ބައިވެރިން ފާހަގަ ކުރީ މުޖުތަމައުގަ ބޭނުން ކުރާނެ ވަރަށް ބައިވަރު ހުނަރު ދަސްވެގެން ދިޔަ ކަމަށާއި، ވަރަށް މަޖާ މާހައުލެއްގަ ކުރިއަށް ގެންދިޔަ މި ކޭމްޕުން ޓީމް ބިލްޑިންއާއި، ސެލްފް ޑިފެންސް އަދި ކޮމިއުނިކޭޝަން ސްކިލްތައް ވެސް ދަސްވެގެން ދިޔަ ކަމަށް ބައިވެރިން ފާހަގަކުރިއެވެ.
މިދިޔަ އަހަރު ވެސް ޔޫތު ކޭމްޕް ބާއްވާފައިވެއެވެ. އެގޮތުން އެފަހަރު ކޭމްޕު ބައްވާފައިވަނީ ފަރުކޮޅުފުށީގައެވެ.
ޒުވާނުން ބާރުވެރިކުރުވުމާއި މަޢުލޫމާތާއި ފަންނާ ބެހޭ ވުޒާރާއާއި ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)އާ ގުޅިގެން ކުރިއަށް ގެންދިޔަ ޔޫތް ކޭމްޕުގައި ޖުމްލަ 46 ޒުވާނުން ވަނީ ބައިވެރިވެފައެވެ.