މިއޮޓް ހޮސްޕިޓަލުގެ ރިހެބިލިޓޭޝަން ހިދުމަތް ރާއްޖޭގައި ފަށައިފިއެވެ. މި ރިހެބު ސެންޓަރުން ރިހެބިލިޓޭޝަންގެ ހުރިހާ ހިދުމަތެއް އެއް ފުރާޅެއްގެ ދަށުން ލިބިގެންދާނެ ކަމަށް މިއޮޓް އިން ވިދާޅުވިއެވެ.
ވޭތުވެދިޔަ 10 ވަރަކަށް އަހަރު މިއޮޓް އިންޓަނޭޝަނަލް އިން ވަނީ އެތައް ހާސް ދިވެހި ރައްޔިތުންނަކަށް ބޭސްފަރުވާގެ ހިދުމަތް ފޯރުކޮށްދީފައެވެ. މިއޮޓް ހޮސްޕިޓަލުގެ ރިހެބިލިޓޭޝަން ހިދުމަތް ހޯދުމަށް ގިނަ އަދަދެއްގެ ދިވެހިން ކޮންމެ އަހަރަކުވެސް އިންޑިއާއަށް ދަތުރުކުރާކަމަށް އެ ހޮސްޕިޓަލުން ފާހަގަކުރެއެވެ. މިއާ އެކު ޚިދުމަތްތައް ދިވެހިންނާއި ގާތުން ދިނުން މުޙިއްމުކަމަށް އެ ހޮސްޕިޓަލުން ދެކެއެވެ.
މިއޮޓުން ވިދާޅުވީ ރިހެބިލިޓޭޝަނަކީ ބަލިން ރަނގަޅުވެ، އާންމު ދިރިއުޅުމަކަށް އައުމުގައި ބިލި މީހާއަށް ދެވޭ އެންމެ މުހިންމު ހިދުމަތްކަމަށެވެ.
މިއޮޓުން ވިދާޅުވީ ރިހެބް ސެންޓަރުގައި ހިދުމަތް ދޭނީ ގާބީލު، ތަޖުރިބާކާރުންގެ ޓީމަކުންކަމަށެވެ. މީގެތެރޭގައި ރިހެބިލިޓޭޝަން ސްޕެޝަލިސްޓުން، ނިއުރޮލޮޖިސްޓުން، ސައިކޭޓްރިސްޓުން، ފިޒީޝަނުން، ސްޕީޗް ލެންގުއޭޖް ޕެތަލޮޖިސްޓްސް، އަދި އެހެނިހެން ތަޖުރިބާކާރުން ހިމެނޭނެކަމަށެވެ. ހިދުމަތް ހޯދާ ފަރާތްތަކަށް ޗެންނާއީގައި ހުންނަ މައި މަރުކަޒުން ވަގުތުން ވަގުތަށް ފީޑްބެކުވެސް ލިބޭނެ އިންތިޒާމް ވެސް ވަނީ ހަމަޖެހިފައެވެ.
ތަޖުރިބާކާރުންގެ ޓީމުގެ އިތުރުން މި ސެންޓަރުން ހިދުމަތް ދިނުމުގައި ބޭނުންކުރެވޭނީ އެންމެ އެޑްވާންސް ޓެކްނޮލޮޖީ އަދި ސިއްހީ ވަސީލަތްތަކާއި މެޝިނަރީތައްކަމަށް މިއޮޓުން ވިދާޅުވިއެވެ. ނާރުގެ ބަލިތަކާއި ކެންސަރު އަދި ކުޅިވަރު ކުޅެގެން ލިބޭ އަނިޔާތަކުން ރިކަވާ ވުމަށްވެސް މި ސެންޓަރުން ރިހެބިލިޓޭޝަން ލިބޭނެ ކަމަށް ވިދާޅުވިއެވެ.
މީގެ އިތުރުން މިއޮޓުން ވިދާޅުވީ އާންމު ތެރަޕީ ހިދުމަތްތަކުގެ އިތުރުން އިމަޖެންސީ ފަރުވާގެ ހިދުމަތްވެސް އެ ސެންޓަރުން ލިބޭނެކަމަށެވެ. އެގޮތުން ރެސަސިޓޭޝަން ރޫމަކާއި ފިޒިއޮތެރަޕީ ސަޕޯޓުގެ ދަށުން ހަނދާން ނެތުމާއި، ސަމާލުކަމަށް ކުރާ އަސަރުތަކާއި، ނިދި ގެއްލުން ފަދަ ކަންކަމަށްވެސް އެ ސެންޓަރުން ފަރުވާ ލިބިގެންދާނެ ކަމަށް ވިދާޅުވިއެވެ.
މިއީ މިއޮޓް އާއި ރާއްޖެއާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިވެ އެތައް ހާސް ދިވެހިންނަކަށް އެކަމުގެ ފައިދާ ކުރާނެ ކަމެއްކަމެއްގެގޮތުގައި މިއޮޓުން ދެކެއެވެ.