ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް) ގެ ދައުވަތަކަށް ރާއްޖެ އައިސްގެން އުޅޭ ސްރީ ލަންކާގެ ކެންޑީގެ އަކުރާނާ ފްރެންޑްސް ކްރިކެޓް ކުލަބާ ދެކޮޅަށް ކުޅުނު ފަހު މެޗުން ރާއްޖޭގެ ގައުމީ ކްރިކެޓް ޓީމު ބަލިވެއްޖެއެވެ.
ކުޅިވަރު އެކުވެނީގެ ކްރިކެޓް ދަނޑުގައި މި ދެޓީމުގެ ހަތަރު ވަނަ ކުރިމަތިލުން ލަންކާ ޓީމުން ކާމިޔާބުކުރީ 6 ވިކެޓުންނެވެ.
މިއަދު ހެނދުނު ފެށި މެޗުގައި ގުރުދިމާވުމުން ރާއްޖެ ޓީމުން ގަސްތުކުރީ ކުޅުމަށެވެ. އެގޮތުން ރާއްޖެ ޓީމުން ކުޅެންއަރާ 26 ވަނަ އޯވަރުގައި ހުރިހާ ކުޅުންތެރިން ނުބައިވެގެން ހެދިފަވަނީ 166 ލަނޑެވެ. ރާއްޖެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ 50 ބޯޅައިން 58 ލަނޑު ހެދި މުހައްމަދު ރިޝްވާންއެވެ.
ޖަވާބުގައި ލަންކާ ޓީމުން ކުޅެންއަރާ 30 އޯވަރުގެ ތެރޭގައި 4 ކުޅުންތެރިން ނުބައިވެގެން ވަނީ 167 ލަނޑު ހަދާ މެޗު ކާމިޔާބުކޮއްފައެވެ. ލަންކާ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ 74 ބޯޅައިން 65 ލަނޑު ހެދި މުހައްމަދު އަޒީރެވެ. މި އިނިންގްސްގައި ރާއްޖޭގެ ޓީމުން މުހަންމަދު މިއުވާން، އަހުމަދު އަމީލް، ލީމް ސަފީގް އަދި ނަސާތު ކޮންމެ އުކުންތެރިއެއް އެއް ވިކެޓްނަގާފައެވެ.
މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ 6 އޯވަރު، 20 ލަނޑަށް 6 ވިކެޓު ނެގި ލަންކާ ޓީމުގެ މުހައްމަދު އަރުކަމްއެވެ.
މި ނަތީޖާ އެކު މި ދެޓީމު ވާދަކުރި ހަތަރު މެޗުގެ ތެރެއިން ރާއްޖޭގެ ޓީމުން ވަނީ ތިން މެޗު ކާމިޔާބުކޮއްފައެވެ. މިމަހުގެ 9-12 އަށް ޒިޔާރްތްކުރި މި ޓީމާއި އެކު ކުޅުނު ފުރަތަމަ ތިންމެޗު، އެއީ ޓީޓުވެންޓީ ދެމެޗާއި ފުރަތަމަ އޯޑީއައި މެޗު ކާމިޔާބުކުރީ ރާއްޖޭގެ ޓީމުންނެވެ.