ރ.މަޑުއްވަރީގައި ހިނގި މާރާމާރީއާއި ގުޅިގެން މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ވިދާޅުވީ، ރ.މަޑުއްވަރީގައި ދެމީހެއްގެ ދެމެދު ހިނގި މާރާމާރީގެ މައްސަލަ ރޭ 11:28 ހާއިރު ފުލުހުންނަށް ހުށައަޅާފައިވާކަމަށެވެ. މިމައްސަލައާއި ގުޅިގެން ތުހުމަތުކުރެވޭ 35 އަހަރުގެ ދިވެހި ފިރިހެނަކު ރޭގެ ވަގުތެއްގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާކަމަށެވެ.
މިމާރާމާރީގައި އަނިޔާވި މީހާއަށް އެރަށު ސިއްޙީ މަރުކަޒުގައި ފަރުވާދީފައިވާކަމަށް ފުލުހުންވަނީ ވިދާޅުވެފައެވެ.
މިމައްސަލައިގެ އިތުރު ތަފްސީލެއް ފުލުހުން ހާމަކުރައްވާފައެއް ނުވެއެވެ. ފުލުހުން ވިދާޅުވީ މިމައްސަލަ އިތުރަށް ތަހުގީގުކުރަމުންދާކަމަށެވެ.