ޚަބަރު

މޯލްޑިވްސް ކޮމިއުނިޓީ ޕާޓީ އުފައްދަން ދީފައިވާ ހުއްދަ ބާތިލުކޮށްފި


  • ޕާޓީ އުފައްދަން ހުއްދަ ދީފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރުމަހު

މޯލްޑިވްސް ކޮމިއުނިޓީ ޕާޓީގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފައްދަން ދީފައިވާ ހުއްދަ ބާތިލުކޮށްފިއެވެ.

އިލެކްޝަންސް ކޮމިޝަނުން މި ހުއްދަ ދީފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރުމަހު ގ. ކްރެބްޓްރީ، އަލީ އަހްމަދަށެވެ.

އިލެކްޝަންސްއިން ވިދާޅުވީ މޯލްޑިވްސް ކޮމިއުނިޓީ ޕާޓީ، އެމްސީޕީގެ ނަމުގައި ސިޔާސީ ޕާޓީ އުފައްދަން ދީފައިވާ ހުއްދަ ބާތިލުކުރީ، މެމްބަރޝިޕް ފޯމް ހުށަހަޅަންދީފައިވާ މުއްދަތުގައި އެއްވެސް ފޯމެއް ހުށަހަޅާފައި ނުވާތީކަމަށެވެ.

ސިޔާސީ ޕާޓީއެއްގެ ގޮތުގައި ޕާޓީއެއް ރަޖިސްޓަރީ ކޮށްދެނީ 3،000 މެންބަރު ހަމަކޮށް އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅުމުންނެވެ. ރާއްޖޭގައި މިހާރުވެސް އަންނަނީ 9 ސިޔާސީއެއް ޕާޓީއެއް ހިންގަމުންނެވެ. އެއީ އެއީ އެމްޑީޕީ، ޕީއެންސީ، އަދާލަތު ޕާޓީ، ޖޭޕީ، އެމްޓީޑީ، ޕީއެންއެފް،އެމްއެންޕީ، އެމްޑީއޭ އަދި ދަ ޑިމޮކްރެޓްސްއެވެ.