ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަންގެ މަގާމުން ޝަމްއާން ވަކިކޮށްފިއެވެ.
ޝަމްޢާން މަގާމުން ވަކިކުރިކަން ސަރުކާރުގެ އިސް އޮފިޝަލަކު ވަނީ ޕީއެސްއެމް ނިއުސްއަށް ޔަގީންކޮށްދެއްވާފައެވެ.
ޝަމްޢާން މަގާމުން ވަކިކުރި ސަބަބެއް ސަރުކާރުން މިހާތަނަށް ހާމަކުރައްވާފައެއް ނުވެއެވެ. ނަމަވެސް އޭނާ މަގާމުން ވަކިކޮށްފައި މިވަނީ އިމިގްރޭޝަންގެ މުވައްޒަފުންތަކަކަަށް ތުހުމަތުކުރެވޭ މައްސަލައެއް ފުލުހުން ތަހުގީގުކުރަމުންދާ ދަނޑިވަޅެއްގައެވެ.
ކުރިން އިމިގްރޭޝަންގައި މަސައްކަތް ކުރައްވާފައިވާ ޝަމްޢާން ވަޙީދު، ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަންގެ މަގާމަށް، އައްޔަންކުރައްވާފައިވަނީ މިހާރުގެ ސަރުކާރު ވެރިކަމާ ހަވާލުވެ، 19 ނޮވެންބަރު 2023 ގައެވެ.