ޚަބަރު

ރަމަޟާން ފަހު 15ގައި ޙައްޖު ކޯޕަރޭޝަނުގެ ހަވާލުގައި ޢުމްރާއަށްދާ ޢުމްރާވެރިން ސަޢުދީއަށް ފުރައިފި


  • މި ޢުމްރާގެ އަޅުކަމުގެ މަޢުލޫމަތު ޕީއެސްއެމް ނިއުސްގެ މެންބަރ ޝާޒިޔާ ސަޢުދީން ގެނެސްދޭން

  • މިފަހަރުގެ އުމްރާއަށް 357 މީހުން ޙައްޖު ކޯޕަރޭޝަނުގެ ހަވާލުގައި ދަތުރުކުރި

ރަމަޟާން މަހުގެ ފަހު 15ގައި ޢުމްރާގެ އަޅުކަމަށް ޙައްޖު ކޯޕަރޭޝަންގެ ހަވާލުގައި ދާ ޢުމްރާވެރިން ފުރައިފިއެވެ.

ފަހު 15ގެ އުމްރާއަށް މަފަހަރު ޖުމްލަ 357 މީހުން ޙައްޖު ކޯޕަރޭޝަންގެ ހަވާލުގައި ޢުމްރާގެ އަޅުކަމަށް ދަތުރުކުރެއެވެ. އަދި މުޅި ރަމަޟާން މަހުގެ ޢުމްރާގެ އަޅުކަމަށް ގޮސް ތިބި 220 ޢުމްރާވެރިން ސަޢުދިގައި އެބަތިއްބެވެ.

އުމްރާވެރިންނަށް މާލެއިން ފުރައިގެން ޖިއްދާއަށް ދެވޭނީ 5 ގަޑިއިރުގެ ދަތުރަކަށްފަހުއެވެ. އަދި ޖިއްދާ އެއަރޕޯޓުން، މައްކާ ހޮޓަލަށް 2 ގަޑިއިރުގެ ދަތުރެއް ބަހުގައި ކުރާނެއެވެ.

އެއަށްފަހު ޢުމްރާވެރިން ފުރަތަމަ ޢުމްރާ މިއަދު ފުރިހަމަކުރާނެއެވެ. މުޅި މި ދަތުރުގައި މަދުވެގެން 3 ޢުމްރާ ކުރުމުގެ ފުރުޞަތު ޢުމްރާވެރިންނަށް ލިބޭނެއެވެ.

މިފަހަރުގެ ޢުމްރާގެ އަޅުކަމާއި، ޙައްޖު ކޯޕަރޭޝަންގެ އިންތިޒާމްތައް އަދިވެސް ޝައުގުވެރިވާނެފަދަ ދީނީ މުހިންމު ވާހަކަތަކާ މަޢުލޫމާތުތައް، ޕީއެސްއެމުން ނިއުސްއިން ސަޢުދީއިން ގެނެސްދޭނެއެވެ. އެގޮތުން އަޅުކަމުގެ ކަންކަމާ، މައްކާއަށް ޒިޔާރަށް ދަތުރު އަދި މަދީނާ ދަތުރުގެ ވާހަކައް ގެނެސްދޭނެއެވެ. މީގެ އިތުރުން ޢިސްލާމީ ތާރީޚާއި ހާދިސާތަކާއި، އެފަދަ ބައެއް މުހިންމު ބިނާތަކަށް ޒިޔާރަތްކުރުންވެސް މި ދަތުރުގައި އޮންނާނެއެވެ.

ޢުމްރާވެރިންނަށް ބޭނުންވާ ހުރިހާ އިންތިޒާމްތައް ޙައްޖު ކޯޕަރޭޝަނުން ވަނީ ވަރަށް ރަނގަޅަށް ހަމަޖައްސާފައެވެ. އެ އިންތިޒާމްތަކުގެ މަޢުލޫމާތުވެސް ޕީއެސްއެމްގެ ޓީވީ ރޭޑިއޯ ޗެނަލްތަކުގެ އިތުރުން ވެބްސައިޓް މެދުވެރިކޮށް، ޕީއެސްއެމް ނިއުސްޓީމުގެ މެންބަރު އާމިނަތު ޝާޒިޔާ ސަޢުދީއަރަބިއްޔާއިން ގެނެސްދޭނެވެ.