ޚަބަރު

އެޗްއައިއެޗުގެ ރޯދަވީއްލުމާއި ތަރާވީހު ޕެކޭޖްތަކަށް ބުކިން ހެއްދުމަށް އޮންލައިން ޕޯޓަލެއް


  • މެނޫތަކާއި ޕެކޭޖްތަކުގެ މައުލޫމާތު ލިބެން ހުންނާނެ

  • ޕޯޓަލްއިން ބުކިން، އޮންލައިން ޕޭމަންޓް ހެދޭނެ

ރޯދަވީއްލުމާއި ތަރާވީހް ފުޑް ޕެކޭޖުތަކަށް ބުކިން ހެއްދުމަށް އޮންލައިން ޕޯޓަލެއް، ހުޅުލެ އައިލެންޑް ހޮޓެލްއިން ތަޢާރަފުކޮށްފިއެވެ.

މިއީ އޮންލައިންކޮށް ބުކިން ހެއްދޭގޮތަށް ތަޢާރަފުކުރި މިފަދަ ފުރަތަމަ ޕޯޓަލްއެވެ. ޕޯޓަލް އިފްތިތާޙުކުރީ އެޗްއައިއެޗްގެ "ފަރު ކޮފީ ހައުސް"ގައި ބޭއްވި ޚާއްސަ އިވެންޓްގައެވެ.

މި ރަމަޟާންމަހު ހުޅުލެ އައިލެންޑް ހޮޓެލްއިން ވަނީ ރޯދަވީއްލުމަށާއި ތަރާވީހަށް ޚާއްސަ ޕެކޭޖްތަކެއް ތަޢާރަފްކޮށްފައެވެ.

އެޗްއައިއެޗްއިން ބުނީ ބުކިން ހެއްދުމަށް އޮންލައިން ޕޯޓަލްއެއް ތަޢާރަފުކުރީ، ގުޅައިގެން ބުކިން ހެއްދުމުގެ ބަދަލުގައި ފަސޭހަ ނިޒާމަކުން އެކަން ކުރެވޭނެ ގޮތް ކަސްޓަމަރުންނަށް ހަމަޖައްސައިދިނުމަށްކަމަށެވެ.

އެޗްއައިއެޗްުގެ އޮންލައިން ޕޯޓަލްގައި އެކި ދުވަސްތަކަށް ޚާއްސަ މެނޫއާއި ޕެކޭޖުތައް ފެންނަން ހުންނާނެއެވެ. އަދި އެޗްއައިއެޗްގެ 3 ރެސްޓޯރަންޓްގެ މެނޫތައްވެސް ޕޯޓަލްއިން ފެންނާނެއެވެ.

މި ޕޯޓަލް މެދުވެރިކޮށް، ވަގުތުން ބުކިން ހެއްދުމާއި އަދި އޮންލައިންކޮށް ވަގުތުން ފައިސާވެސް ދެއްކޭނެއެވެ. މީގެއިތުރުން ލަކީޑްރޯތަކުގެ މަޢޫލޫމާތާއި، ހާއްސަ އިވެންޓްތަކުގެ މަޢުލޫމާތު އަދި އެޗްއައިއެޗްގެ ދިއުމަށް ޓްރާންސްޕޯޓް ހަމަޖެހިފައިވާ ގޮތުގެ މަޢުލޫމާތުވެސް ޕޯޓަލްއިން ލިބެން ހުންނާނެއެވެ.

ޕޯޓަލް އިފްތިތާޙުކުރުމުގެ އިވެންޓްގައި ވާހަކަދައްކަމުން އެޗްއައިއެޗް ގްރޫޕް ޖެނެރަލް މެނޭޖަރ އަލީ ޝާކިރު ވިދާޅުވީ، މިއީ ކަސްޓަމަރުންނަށް ލިބޭނެ ވަރަށް ތަފާތު ތަޖުރިބާއެއްކަމަށެވެ.
އަދި މި ފެށި މަސައްކަތަކީ އެޗްއައިއެޗްގެ ޚިދުމަތްތަކަށް ލިބުނު އިތުރު ފުރިހަމަކަމެއްކަމަށް އޭނާ ވިދާޅުވިއެވެ.

އެޗްއައިއެޗްއިން ފާހަގަކުރާގޮތުގައި މިއީ ހޮސްޕިޓަލިޓީ ދާއިރާގެ ޚިދުމަތައް ޑިޖިޓަލައިޒްކުރުމުގައިވެސް ލިބުނު ބޮޑު ކުރިއެރުމެކެވެ.