ޚަބަރު

"ޕެންޓޮޕް 40 އިންޖެކްޝަން" ގެ ބެޗެއް ވިއްކުން މަނާކޮށްފި


  • ބޭހުގެ އެ ބެޗް ހުރިނަމަ އެކަން އެމްއެފްޑީއޭއަށް ހިއްސާކުރުމަށް ވަނީ އެދިފައި

ރާއްޖެ އެތެރެކޮށް ބޭނުންކުރަމުންދާ "ޕެންޓޮޕް 40 އިންޖެކްޝަން" ގެ ބެޗެއްގައި ކޮލެޓީ މައްސަލަތަކެއް ހުރެގެން އެ ބޭހުގެ ވަކި ބެޗް ވިއްކުން މޯލްޑިވްސް ފުޑް އެންޑް ޑްރަޖް އޮޓޯރިޓީ، އެމްއެފްޑީއޭއިން މަނާކޮށްފިއެވެ.

އެމްއެފްޑީއޭއިން ބޭނުންކުރުން މަނާކޮށްފައިވަނީ އެ ބޭހުގެ (EMPH243030) ނަމްބަރުގެ ބެޗެވެ. އެހެންކަމުން "ޕެންޓޮޕް 40 އިންޖެކްޝަން" ގެ މި ބެޗް ނަންބަރުގެ އުފެއްދުން އެއްވެސް ފާމަސީއެއް ނުވަތަ ސިއްހީ ހިދުމަތްދޭ ތަނެއްގައި ހުރިނަމަ އެކަން އެމްއެފްޑީއޭއަށް ހިއްސާކުރުމަށް ވަނީ އެދިފައެވެ.

ބޭސް ނައްތާލުމަށް ހަމަޖެހިފައިވާ އުސޫލާއި އެއްގޮތައް މި ބެޗްގެ ބޭސްތައް ނައްތާލުމުގެ ކަންކަން ކުރިއަށްގެންދިއުމަށް އެމްއެފްޑީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.

ބޭހުގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ބޭސް އެއްތަނުން އަނެއްތަނަށް އުފުލުމާއި ގުދަންކުރުމުގައި ބަހައްޓަންޖެހޭ މިންގަނޑުތައް ބޭސް އިމްޕޯޓްކޮށް ވިއްކާ ފަރާތްތަކަށް އަންގާފައިވާކަމަށް އެމްއެފްޑީއޭއިން ވަނީ ވިދާޅުވެފައެވެ.