ރޯދަ ބަދިގޭގައި މިއަދު ގެނެސްދޭނީ "ކަންޓްރީ ޗިކަން އިން ގްރޭވީ" ތައްޔާރުކުރާނެގޮތެވެ. މި ޑިޝްގައި ހިމެނެނީ ކްރިސްޕީ ޗިކަން، ގްރޭވީ އަދި މޭޝްޑް ޕޮޓެއިޓޯއެވެ.
ޕީއެސްއެމް ނިއުސްގެ "ރޯދަ ބަދިގެ" ކޮންމެ ދުވަހަކުވެސް ގެނެސްދެނީ ހުޅުލެ އައިލެންޑް ހޮޓެލްގެ އެހީތެރިކަމާއެކުއެވެ.
ބޯންލެސް ޗިކަން
ޕާސްލީ
ފުށްކޮޅެއް
އަސޭމިރުސް މުގުރާފަ
ޕެޕްރިކާ
ތައިމް
ކޯންފްލެކްސް
ބަޓަރ
ޗިކަން ސްޓޮކް
ލޮނު
ކިރު
މިރެސިޕީގައި ބޭނުންކުރަނީ ބޯންލެސް ޗިކަންއެވެ. އެގޮތުން ކިރު، އަސޭމިރުސް، ލޮނު އެއްކޮށްލުމަށްފަހު، އޭގެތެރޭގައި ކުކުޅުކޮޅު ފޯކޮށްލަން 10ވަރަކަށް މިނިޓްވަންދެން ބާއްވާނީއެވެ. އެއަށްފަހު ކުކުޅުކޮޅުގެ ބޭރުގައި ކޮންފްލެކްސް ލުމަށްފަހު އަވަނުގައި 30 މިނިޓްވަންދެން ފިހެލާނީއެވެ.
ތަވައެއްގައި ބަޓަރުކޮޅު ހޫނުކޮށްލުމަށްފަހު، އޭގެތެރެއަށް ފުއްކޮޅެއް އަޅާ އެއްކޮށްލާނީއެވެ. އެއަށްފަހު ކިރާއި، ޗިކަން ސްޓޮކް އެއްކޮށްލާނީއެވެ. ދެން މަޑު ގިނީގައި ކައްކާލާނީއެވެ.
އަލުވި މަޑުކޮށްލުމަށްފަހު ރަނގަޅަށް މޮޑެލާނީއެވެ. އެއަށްފަހު އަލުވީގެ ތެރެއަށް ބަޓަރާއި، ކިރުކޮޅެއް އަޅާފައި ތަވާގައި މަޑުގިނީގައި އެއްކޮށްލާނީއެވެ.
މި ޑިޝްއަކީ ލުއިކޮށް ކާން ބޭނުންވާ ފަރާތްތަކަށް ރަމަޟާންމަހު ތައްޔާރުކޮށްލަން ރަނގަޅު ޑިޝްއެކެވެ.