ފަރަންސޭސިވިލާތާ ވަކިން އޮންނަ އެ ޤައުމުގެ ސަރަޙައްދެއް ކަމުގައިވާ ލަ ޣެޔުނިއޮނަށް ބާރުގަދަ ތޫފާން ގެޚޮންސް އެރުމާ ގުޅިގެން ކުރިމަތިވި އެކި ހާދިސާތަކުގައި ހަތަރު މީހުން މަރުވެއްޖެއެވެ. ލަ ޣެޔުނިއޮންގެ އިދާރާތަކުން ބުނީ، އެ ތޫފާނާ ގުޅިގެން އެ ސަރަޙައްދަށް ގަޑިއަކު 155 ކިލޯމީޓަރަށް ވައި ބާރުވެފައިވާ ކަމުގައެވެ.
ތޫފާން ގެޚޮންސާ ގުޅިގެން ލަ ޣެޔުނިއޮން ގިނަ އަދަދެއްގެ ބަޔަކު ވަނީ ހާލުގައި ޖެހިފައެވެ. ތޫފާނާ ގުޅިގެން ގިނަ އަދަދެއްގެ ބަޔެއްގެ ގެދޮރު ގެއްލިފައިވާ ކަމުގައި ލަ ޣެޔުނިއޮންގެ އިދާރާތަކުން ހާމަކުރިއެވެ. އަދި، 953 މީހުން ވަގުތީ ހިޔާތަކަށް ބަދަލު ކޮށްފައިވާ ކަމުގައި އެ އިދާރާތަކުން ބުންޏެވެ.
ތޫފާން ގެޚޮންސާ ގުޅިގެން ލަ ޣެޔުނިއޮންގެ ބޮޑު ސަރަޙައްދަކުން ވަނީ ފެނާއި ކަރަންޓުގެ ޚިދުމަތް ވެސް މެދުކެނޑިފައެވެ. މި ގޮތުން، 160,000 ގޭބީސީއަކުން ކަރަންޓުގެ ޚިދުމަތް މެދުކެނޑިފައިވާއިރު، 310,000 ގޭބީސީއަކުން ފެނުގެ ޚިދުމަތް ކެނޑިފައިވާ ކަމުގައި ވެސް ލަ ޣެޔުނިއޮންގެ އިދާރާތަކުން ހާމަކުރިއެވެ.
އިންޑިޔާ ކަނޑުގައި ލަ ޣެޔުނިއޮން އޮންނަ ސަރަޙައްދަށް ތޫފާން ގެޚޮންސް އަރާފައި ވަނީ ފެބުރުވަރީ 28ވަނަ ދުވަހުއެވެ. އެ ތޫފާނާ ގުޅިގެން ޖެހެމުންދާ ބާރު ވަޔާއެކު ގިނަ އަދަދެއްގެ ގެދޮރަށް ވަނީ ގެއްލުން ލިބިފައެވެ. ގެއްލުންތަކުގެ ތެރޭގައި ފުރާޅުތައް އެއްލައިލުން ފަދަ ކަންކަން ހިމެ