ސްކޫލް ނިންމާ ކޮންމެ ދަރިވަރަކީވެސް ކީރިތި ޤުރުއާން ބަލައިގެން ރީތިކޮށް ކިޔަވަން އެނގޭ ބަޔަކަށް ހެދުމަށް ބެލެނިވެރިންނަށް ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ޢަބްދުﷲ ޖިހާދު އިލްތިމާސްކުރައްވައިފިއެވެ. އެމަނިކުފާނު މިކަމަށް އިލްތިމާސްކުރެއްވީ ޕީއެސްއެމުން ބޭއްވި އެންމެ އަލިގަދަ ތަރި ޕްރޮގްރާމްގެ ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ސްކޫލް ނިންމާ ކޮންމެ ދަރިވަރަކީވެސް ކީރިތި ޤުރުއާން ބަލައިގެން ރީތިކޮށް ކިޔަވަން އެނގޭ ދަރިވަރުންތަކަކަށް ހެދުމަށް ބެލެނިވެރިންނަށް އިލްތިމާސް ކުރައްވަމުން ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ޢަބްދުﷲ ޖިހާދު ވަނީ، ކޮންމެ ދަރިވަރަކީ އެންމެ ކުޑަމިނުން ޢަަންމާފޮތުގެ ސޫރަތްތައް ހިތުން ކިޔަވަން އެނގޭ ބަޔަކަށް ހެދުމަށް ގޮވާލައްވާފައެވެ. މިކަމުގެ ސަބަބުން ކީރިތި ޤުރުއާންދެކެ ލޯބިވާ، މި ފަންނު ދިރުވުމަށް އެ ދަރިވަރުން މަސައްކަތް ކުރާނެކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ވިދާޅުވިއެވެ.
ސަރުކާރުން ޤުރުއާނުގެ ފަންނު ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކުރައްވާކަން ފާހަގަކުރައްވާ ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ވަނީ ކޮންމެ ދަރިވަރަކީވެސް ކިޔަވާ ނިމުމުން މުޖުތަމަޢަށްޚިދުމަތްކޮށްދޭ ބަޔަކަށްވުމަށް އިލްސްތިމާސް ކުރައްވާފައެވެ.
މާޔޫސްވުމުން ގޯސް ހަދާ މީހުން އުޅޭ ކަމަށާއި، އެއީ ރަނގަޅު ކަމެއް ނޫންކަން ފާހަގަކުރައްވާ، އެފަދަ ދަނޑިވަޅުތަކުގައި ހެޔޮ އަމަލުކޮށް ހިތްހަމަޖައްސައި ޢިބްރަތްލިބިގަންނަންވީ ކަންތައްތައް އެމަނިކުފާނުގެ އަމިއްލަ ތަޖުރިބާ ޙިއްސާކޮށްދެއްވިއެވެ.
ކޮންމެ މީހަކުވެސް އެންމެ ލޯބިވާ އަދި އެންމެން އިބުރަތް ލިބިގަންނަ ފޮތަކީ ގުރުއާނަށް ހަދަން އެންމެހާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ނާއިބު ޢަބްދުﷲ ޖިހާދު ރޭގެ ރަސްމިއްޔާތުގައި ގޮވާލެއްވިއެވެ.