ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ސެއިންޓް ލޫސިއާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި، ސެއިންޓް ލޫސިއާގެ ގަވަރނަރ ޖެނެރަލް ސައިރިލް އީ.އެމް. ޗާލްސްއާއި ބޮޑުވަޒީރު ފިލިޕް ޖޯސެފް ޕިއޭރ، އަދި އެޤައުމުގެ ސަރުކާރަށާއި ރައްޔިތުންނަށް ތަހުނިޔާއާއި ހެޔޮއެދުންތައް ފޮނުވައިފިއެވެ. ތަހުނިޔާ ފޮނުއްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ އަމިއްލަ ނަންފުޅުގައާއި، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައެވެ.
ސެއިންޓް ލޫސިއާގެ ގަވަރނަރ ޖެނެރަލް ސައިރިލް އީ.އެމް. ޗާލްސްއާއި ބޮޑުވަޒީރު ފިލިޕް ޖޯސެފް ޕިއޭރ އަށް ވަކިވަކިން ފޮނުއްވެވި މެސެޖުގައި، ރައީސުލްޖުމްހޫރިއްޔާ ވަނީ އެ ބޭފުޅުންނަށް ދުޅަހެޔޮ ޞިއްޙަތަކާއި އުފާފާގަތިކަމާއި، ސެއިންޓް ލޫސިއާގެ ރައްޔިތުންނަށް ކުރިއެރުމާއި ފާގަތިކަމަށް އެދިވަޑައިގެންފައެވެ.
ސެއިންޓް ލޫސިއާ، މިނިވަންކަން އިއުލާންކޮށްފައިވަނީ 1979 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 22 ވަނަ ދުވަހުގައެވެ.