ޚަބަރު

5 ޤައުމަކަށް ސަފީރުންނާއި، ބައިނަލްއަޤުވާމީ 4 ޖަމްޢިއްޔާއަކަށް މަންދޫބުން އައްޔަންކުރަން ފާސްކޮށްފި


  • މަންދޫބުން ކަނޑައެޅުއްވީ އައިއެމްއޯ، އައިރީނާ، ޑަބްލިއުޓީއޯ، އޯއައިސީއަށް

  • ނޮން-ރެޒިޑެންޓު ސަފީރުން ކަނޑައެޅުއްވީ ސްވިޓްޒަލޭންޑް، ކެނެޑާ، މިސްރު، ކުވައިތަށް

ބައިނަލްއަޤްވާމީ ފަސް ޖަމްޢިއްޔާއަކަށް ކަނޑައެޅުއްވި ސަފީރުންނަށާއި، ހަތަރު ޤައުމަކަށް ކަނޑައެޅުއްވި ނޮން ރެޒިޑންޓު ސަފީރުން އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ. ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކަށާއި، ބައެއް ޤައުމުތޔަކަށް ކަޏޑައެޅުއްވި ސަފީރުން އައްޔަންކުރުމުގެ މައްސަލަ ދިރާސާކުރީ ޚާރިޖީ ގުޅުންތަކުގެ ކޮމިޓީންނެވެ.

މަންދޫބުން ކަނޑައެޅުއްވީ އިންޓަރނޭޝަނަލް މެރިޓައިމް އޯގަނައިޒޭޝަން، އައިއެމްއޯއާއި، އިންޓަރނޭޝަނަލް ރިނިއުބަލް އެނަރޖީ އޭޖެންސީ، އައިރީނާއާއި، ވޯލްޑް ޓްރޭޑް އޯގަނައިޒޭޝަން، ޑަބްލިއުޓީއޯ، އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން، އޯއައިސީ. ނޮން-ރެޒިޑެންޓު ސަފީރުން ކަނޑައެޅުއްވީ ސްވިޓްޒަލޭންޑާއި، ކެނެޑާ، މިސްރު، ކުވައިތު އަދި ޫޓާނަށެވެ.

ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކަށް ކަނޑައެޅުއްވި ސަފީރުން

- އައިއެމްއޯއަށް ކަނޑައަޅާ ދާއިމީ މަންދޫބަކަށް އިނގިރޭސިވިލާތަށް ދިވެހިރާއްޖޭން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑރ. އިރުތިޝާމް އާދަމް
- އައިރީނާއަށް ކަނޑައަޅާ ދާއިމީ މަންދޫބަކަށް ޔޫއޭއީއަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުޙައްމަދު ޙުސައިން ޝަރީފު
- ޑަބްލިއުޓީއޯއަށް ކަނޑައަޅާ ދާއިމީ މަންދޫބަކަށް ޖެނީވާގައި ހުންނަ އެކުވެރި ދައުލަތްތަކުގެ މަރުކަޒުތަކަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު ޑރ. ސަލްމާ ރަޝީދު
- އޯއައިސީގެ ދާއިމީ މަންދޫބަކަށް ސައުދި އަރަބިއްޔާއަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަޙްމަދު ސަރީރު


ބައެއް ޤައުމުތަކަށް ކަނޑައެޅުއްވި ނޮން-ރެޒިޑެންޓު ސަފީރުން

- ސްވިސް ކޮންފެޑެރޭޝަނަށް ކަނޑައަޅުއްވާ ނޮން-ރެޒިޑެންޓް ސަފީރަކަށް ޖެނީވާގައި ހުންނަ އެކުވެރި ދައުލަތްތަކުގެ މަރުކަޒުތަކަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު ޑރ. ސަލްމާ ރަޝީދު
- ކެނެޑާއަށް ކަނޑައަޅުއްވާ ނޮން-ރެޒިޑެންޓު ސަފީރަކަށް އެމެރިކާއަށް ރާއްޖޭން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަބްދުލްޣަފޫރު މުޙައްމަދު
- މިސްރަށް ކަނޑައަލުއްވާ ނޮން-ރެޒިޑެންޓު ސަފީރަކަށް ސައުދީ އަރަބިއްޔާއަށް ރާއްޖޭން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަހުމަދު ސަރީރު
- ކުވެއިތަށް ކަނޑައަޅުއްވާ ނޮން-ރެޒިޑެންޓް ސަފީރަކަށް ސައުދި އަރަބިއްޔާގައި ހުންނަވާ ސަފީރު އަހުމަދު ސަރީރު
- ބޫޓާނަށް ކަނޑައަޅުއްވާ ނޮން-ރެޒިޑެންޓް ސަފީރަކަށް ބަންގްލަދޭޝްގައި ހުންނަވާ ސަފީރު ޝިއުނީން

މީގެ އިތުރުން "ބަރން ކޮންވެންޝަން ފޮރ ދަ ޕްރޮޓެކްޝަން އޮފް ލިޓަރަރީ އެންޑް އާޓިސްޓިކް ވަރކްސް"ގައި ރާއްޖެއިން ބައިވެރިވުމަށްވެސް ރައްޔިތުންގެ މަޖިލީހުން ވަނީ ފާސްކޮށްފައެވެ. ބައެއް ޤައުމުތަކަށް ކަނޑައަޅާ ސަފީރުޔންނާއި، ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކަށް ކަނޑައަޅާ މަންދޫބުން އައްޔަންކުރުމަށް ފާސްކުރީ ވަކިވަކިން މަޖިލީހުގައި އެހި ވޯޓުންނެވެ.