އިންޑިއާގައި ކުރިޔަށްދާ ސައުތު އޭޝިއަން ޔޫތު ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕް2026 ގެ، 15 އަހަރުން ދަށުގެ އަންހެން ޓީމު އިވެންޓުން ރާއްޖެ ރިހި މެޑަލް ހޯދައިފިއެވެ.
މިއީ ސައުތު އޭޝިއަން ޔޫތު ޓޭބަލް ޓެނިސް މުބާރާތުން ރާއްޖޭގެ 15 އަހަރުން ދަށުގެ ޓީމު މެޑައްޔެއް ހޯދި ފުރަތަމަ ފަހަރެވެ.
ރިހިމެޑަލް ހޯދި ޓީމުގައި ހިމެނެނީ އައިޝަތު މަލަކް ތަސީން، އައިޝަތު އަލްސާ ނާފިޒު އަދި ސާރާ މޫސާ ޖަމީލެވެ.
ރާއްޖެއިން އަންހެން ޓީމު އިވެންޓުގެ ދެވަނަ ހޯދީ ބަންގްލަދޭޝް ނޭޕާލް އަދި ސްރީލަންކާ ބަލިކުރުމަށްފަހު ފައިނަލްގައި އިންޑިއާއާއި ވާދަކޮށްގެންނެވެ. އިންޑިއާ އަތުން ރާއްޖެ ބަލިވީ 3-0 ންނެވެ.
15 އަހަރުން ދަށުގެ އަންހެން ޓީމު އިވެންޓުގައި ރާއްޖެއިންވަނީ 3-2 ން ނޭޕާލްގެ މައްޗަށް ކުރި ހޯދާފައެވެ.
އައިޝަތު މަލާކް ތަސީން ވަނީ 2 މެޗު ކާމިޔާބުކޮށްފައެވެ. އަދި އައިޝަތު އަލްސާ ނާފިޒް ވަނީ އެއްމެޗު ކާމިޔާބުކޮށްފައެވެ.