އިންފޮމޭޝަން ކޮމިޝަނަރުގެ ނިންމެވުމާއި އެއްގޮތަށް ފޯރުކޮށްދޭންޖެހޭ މައުލޫމާތު ސަރުކާރުން ފޯރުކޮށްދެއްވާނެކަމަށް ބަންޑާރަނައިބު އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.
ބަންޑާރަ ނައިބު މިހެން ވިދާޅުވީ ސިޔާސީ ހުރިހާ މުވައްޒަފުންގެ މައުލޫމާތާއި ލިބޭ މުސާރައިގެ މައުލޫމާތު ހޯދަން އަމިއްލަ ފަރާތްތަކަކުން ހުށަހެޅި މައްސަލާގައި އެ މައުލޫމާތު ދޭން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ނިންމެވި ނިންމުމާއި ގުޅިގެނެވެ.
މި މައްސަލާގައި އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ކަނޑައެޅުއްވީ ސިޔާސީ ހުރިހާ މުވައްޒަފުންގެ ނަމާއި މުސާރައަކީ ޒާތީ މައުލޫމާތެއް ނޫން ކަމަށާއި އެ މައުލޫމާތު ހާމަކުރަން ޖެހޭނެ ކަމަށެވެ. އަދި އެކަމަށް ފަސް ދުވަހުގެ މުއްދަތެއް ވަނީ ދެއްވާފައެވެ.
މިމައްސަލާގައި ދައުލަތުގެ ފަރާތުން 2 ފެބްރުއަރީގައި ހައިކޯޓަށް ހުށަހެޅި އިސްތިއުނާފު އަނބުރާ ނެގުމަށް އެދި އެޓަރނީ ޖެނެރަލްގެ އޮފީހުގެ ފަރާތުން 3 ފެބްރުއަރީގައި ވާނީ ހައިކޯޓަށް ހުށަހަޅާފައި.
— Ahmed Usham (@a_usham) February 10, 2025
އަދި މިމައުލޫމާތު ހޯދުމަށް އެދުނު ފަރާތަށް އިންފޮމޭޝަން ކޮމިޝަނަރުގެ ނިންމުމާ… https://t.co/MZNuS06ZSz
އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގެ ނިންމެވުން އިސްތިއުނާފްކުރަން ބަނޑާރަނައިބުގެ އޮފީހުން އޭރު ނިންމެވިނަމަވެސް، ބަންޑާރަ ނައިބު އަހުމަދު އުޝާމް ވިދާޅުވީ މިމައްސަލާގައި ދައުލަތުގެ ފަރާތުން 2 ފެބްރުއަރީގައި ހައިކޯޓަށް ހުށަހެޅި އިސްތިއުނާފު އަނބުރާ ނެގުމަށް އެދި އެޓަރނީ ޖެނެރަލްގެ އޮފީހުގެ ފަރާތުން 3 ފެބްރުއަރީގައި ހައިކޯޓަށް ހުށަހަޅާފައިވާކަމަށެވެ.. އަދި އެ މައުލޫމާތު ހޯދުމަށް އެދުނު ފަރާތަށް އިންފޮމޭޝަން ކޮމިޝަނަރުގެ ނިންމެވުމާއި އެއްގޮތަށް ފޯރުކޮށްދޭންޖެހޭ މައުލޫމާތު ރައީސް އޮފީހުން ފޯރުކޮށްދެއްވާނެކަމަށް ބަންޑާރަނައިބު ވިދާޅުވިއެވެ.