މ.ހައުސްޕްލާޒާ ގޭގައި އަލިފާން ރޯވެގެން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްއިން ހަރަކާތްތެރިވާން ފަށައިފިއެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި މިހާރު މިއަލިފާން ވަނީ ކޮންޓްރޯލްކޮށްފައެވެ.
މ.ހައުސްޕްލާޒާ ގޭގައި އަލިފާން ރޯވެގެން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްއިން ވަނީ ރީވި އަލިފާން ކޮންޓްރޯލްކޮށްފައެވެ. pic.twitter.com/H7S0BMUjXF
— Maldives National Defence Force (@MNDF_Official) February 9, 2025
https://psmnews.mv/125808
އެމްއެންޑީއެފުން ވިދާޅުވީ އަލިފާން ރޯވެފައި ވަނީ މ.ހައުސް ޕްލާޒާ ގޭގައި ކަމަށެވެ. މާފަންނު ޝީ ބިލްޑިންގް ކުރިމަތީގައި ހުންނަ ހައުސްޕްލާޒާގެ އަކީ މީހުން ނޫޅޭ ބާ އިމާރާތެކެވެ. މީގެކުރިންވެސް އެތަނުގައި މިފަދަ އަލިފާނުގެ ޙާދިސާތައް ހިނގާފައިވެއެވެ. އެންމެފަހުން މިތަނުގައި އަލިފާނުގެ ޙާދިސާއެއް ހިނގާފައިވަނީ 2023ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުއެވެ. އެފަހަރު އެތަނުގައި ރޯކޮށްލި މައްސަލާގައި ބަޔަކު ހައްޔަރުވެސް ކުރިއެވެ.