ޖުމްލަ 15 ޕެއާއާއެކު ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން ކުރިއަށްގެންދާ ގައުމީ ބީޗް ވޮލީބޯޅަ ލީގު 2025 ފަށައިފިއެވެ.
އަންނަ ހޯމަދުވަހުގެ ނިޔަލަށް ކުރިޔަށްދާ މި މުބާރާތް ކުރިޔަށްދަނީ ދެ ޕޫލަކަށް ބަހާލައިގެންނެވެ. އެއީ އަންހެން ޕޫލްގެ އިތުރުން ފިރިހެން ޕޫލެވެ. އަންހެން ޕޫލުގައި ހަ ޕެއާ ހިމެނެއެވެ. ފިރިހެން ޕޫލުގައި ޖުމްލަ 9 ޕެއާ ވާދަކުރެއެވެ.
މުބާރާތުގެ ފުރަތަމަ ދުވަހު ޖުމްލަ ފަސް މެޗެއް ވަނީ ކުޅެފައެވެ. އެގޮތުން މުބާރާތުގެ ގްރޫޕު އޭގެ ފުރަތަމަ މެޗު އަލީ އާމިރު އާއި ހަސަން ނިލާމްގެ ޕެއާ ކާމިޔާބުކުރީ އަކުރަމް އާއި އާތިފްގެ ޕެއާ އާއި ވާދަކޮށް ފަސޭހަކަމާއެކު އެވެ.
ފިރިހެން ޕޫލުގެ ގްރޫޕު ބީގެ މެޗު ޔޫޝައު އާއި ޔާނިއުގެ ޕެއާ ކާމިޔާބުކުރީ ޝާހިދު އާއި ޝަރީފް ބަލިކޮށްގެންނެވެ. ދެން ކުޅުނީ އަންހެން ޕޫލުގެ ތިން މެޗެވެ. މި ތިން މެޗު ކާމިޔާބުކުރީ ޒީީނިއާ އާއި އަރީޝާގެ ޕެއާ، ހައްވާ ރާޝިދާ އާއި އައިޝަތު މާޖިދާގެ ޕެއާގެ އިތުރުން އާމިނަތު އިބާ އާއި މާނާ ނާޒިމްގެ ޕެއާ އެވެ.
ފިރިހެން ޕޫލު ތިން ގްރޫޕަކަށް ބަހާލައިގެން ކުރިޔަށްގެންދާއިރު ގްރޫޕު އޭ އާއި ގްރޫޕް ބީގެ އެއްވަނަ ހޯދާ ޕެއާއަށް ގްރެޫޕް ސީގެ ޖާގައެއް ލިބެއެވެ. ގްރޫޕު އޭ އާއި ބީ އަކީ ކޮލިފައިން ގްރޫޕެކެވެ. ގްރޫޕު ސީގައި ފަސް ޕެއާއަށް ފުރުސަތު ލިބޭއިރު، ދެން މި ގްރޫޕުގައި ހިމެނެނީ ރޭންކިންގެ އެންމެ ވަރުގަދަ ތިން ޕެއާ އެވެ. އެއީ އިސްމާއީލް ސާޖިދު އާއި އާދަމް ނަސީމްގެ އިތުރުން މުހައްމަދު އަލީ އާއި އަހުމަދު މުޙައްމަދު އަދި އަދްނާން އާއި ޝިމާލްގެ ޕެއާއެވެ.