ބޮރޫޝިއާ ޑޯޓްމުންޑްގެ ކޯޗުގެ މަގާމަށް ކްރޮއޭޝިއާގެ ނިކޯ ކޮވަކް ހަމަޖައްސައިފިއެވެ.
ބުރާސްފަތި ދުވަހު ބުންޑަސްލީގާގެ ކުލަބު ޑޯޓްމުންޑުން އެ ކުލަބުގެ ކޯޗުގެ މަގާމަށް ކޮވަކް ހަމަޖެއްސީ ކުރިން އެ ޓީމުގެ ކޯޗަކަށް ހުރި ނޫރީ ސާހިން އެ މަގާމުން ވަކި ކުރުމަށްފަހުއެވެ.
ޑޯޓްމުންޑްގެ ކުރީގެ ކުޅުންތެރިޔާ ސާހިން އެ މަގާމުން ވަކިކުރީ މިއަހަރު ފެށި ފަހުން އެޓީމަށް ރަނގަޅު ނަތީޖާއެއް ހޯދިފައިނުވާތީއެވެ.
އުމުރުން 53 އަހަރުގެ ކޮވަކް މީގެ ކުރިން ވަނީ ޑޯޓްމުންޑްގެ ވާދަވެރި ކުލަބު ބަޔާން މިއުނިކަށް ކޯޗު ކޮށްދީފައެވެ. އަދި އޭނާ ވަނީ 2018-19 ވަނަ އަހަރު އެޓީމަށް ލީގު ހޯދައިދީފައެވެ.
ކޮވަކް ޑޯޓްމުންޑްގެ ކޯޗުކަމާއި ހަވާލުވުމަށް ސޮއިކޮށްފައިވަނީ ޖޫން 2026 ގެ ނިޔަލަށެވެ. އާދިއްތަ ދުވަހު ޑޮޓްމުންޑުން ހައިޑެންހަމް އާއި ދެކޮޅަށް ކުޅޭ މެޗުގައި ޓީމު ލީޑް ކުރާނީ އާ ކޯޗު ކޮވަކް އެވެ.
ޑޯޓްމުންޑްގެ މެނޭޖިން ޑައިރެކްޓަރ އޮފް ސްޕޯޓްސް، ލާސް ރިކެން ބުނީ ނިކޯ ކޮވަކްގެ ޓީމެއްގައި ހަކަތަ ހުންނާނެ ކަމަށާއި، ޓީމް ވޯކްގެ މުހިންމުކަން ދަންނަ އަދި އަޒުމުވަރުގަދަ ޓީމެއްގެ ސިފަތައް ހުންނަ ކަމަށެވެ.