ކުޅިވަރު

ބަލިވީ މުހިންމު ކުޅުންތެރިންނަށް އަނިޔާވުމުން: އިންޒާގީ


އިޓާލިއަން ސުޕަ ކަޕުގެ ފައިނަލްގައި ރޭ ފަހަތުން އަރައި 3-2 ގެ ނަތީޖާއަކުން މޮޅުވެގެން އޭސީ މިލާން ތަށި ހޯދީ އިންޓަރ މިލާނުގެ މުހިންމު ބައެއް ކުޅުންތެރިންނަށް އަނިޔާވުމުގެ ސަބަބުން ކަމަށް ކޯޗު ސިމޯން އިންޒާގީ ބުނެފިއެވެ.

އެންމެ ފަހުގެ ދެ އަހަރުގެ ޗެމްޕިއަން ޓީމުގެ ކޯޗު ބުނީ މެޗު ފެށީ އަނިޔާވެފައިވާ ފޯވަޑް މާކަސް ތުރަމް ނުލައި ކަމަށެވެ. އަދި ފުރަތަމަ ހާފު ނިމުމުގެ ކުރިން ޑިފެންސިވް މިޑްފީލްޑަރު ހަކާން ޗަޅަނަގްލޫ ބާލަން ޖެހުމާއި އޮފް ބެލެންސްގައި ބާރު ބޯޅައަކުން ޑިފެންޑަރު އަލްސެންދްރޯ ބަސްޓޯނީ ބޮލުގައި ޖެހުމުން އޭނާ ކުޅުނީ މުޅިން ފިޓްވެހުރެ ނޫން ކަމަށެވެ.

"
މިއީ ޓީމަކަށް ބަލާއިރު ވަރަށް މުހިންމު ކުޅުންތެރިން. އެހެން ޓީމުތައް ވެސް ވަރަށް މޮޅަށް ކުޅޭ. އެހެންވީމާ އަހަރުމެންނަށް އަހަރުމެންގެ މުހިންމު، މޮޅު ކުޅުންތެރިން ބޭނުންވާނެ. މެޗުގައި އަހަރުމެން ދެ ގޯލު ޖަހާފައި އޮއްވައި ބަލިވާން ޖެހުނު އެއް ސަބަބަކީ މިއީ
ސިމޯން އިންޒާގީ

ނަމަވެސް އޭނާ ބުނީ ސައޫދީ އަރަބިއާގައި ކުޅުނު ފައިނަލް މެޗުގައި މިދިޔަ ދެ އަހަރު ހޯދި ތަށި ދިފާއު ކުރުމަށް ރަނގަޅު ފުރުސަތުތަކެއް ލިބުނު ކަމަށެވެ.

"
އަހަރުމެންނަށް 2-0ގެ ލީޑެއް ލިބުމުން ފަރުވާ ކުޑަކޮށްލެވުނު. ހާއްސަކޮށް އެމީހުންގެ ފުރަތަމަ ގޯލު ހިލޭ ޖެހުމަކުން ޖެހީ އަހަރުމެން ކޮންޓްރޯލް ކުރަންވީ ބޯޅައަކުން. އޭގެ ފަހުން ނަތީޖާ 3-1އަށް ބަދަލުކޮށްލަން އަހަރުމެން ލިބުނު ފުރުސަތުގައި އޭސީ މިލާން ކީޕަރު މައިގްނަން ވަރަށް މޮޅަށް ސޭވްކުރި
ސިމޯން އިންޒާގީ

އޭނާ ބުނީ ވާދަވެރި އޭސީ މިލާން އަތުން މި ސީޒަނުގައި ދެ ފަހަރު ބަލިވި ނަމަވެސް ޓީމުގެ އުއްމީދަކީ އިޓާލިއަން ލީގު ދިފާއު ކުރުން ކަމަށެވެ. މިހެންވެ އެނބުރި އިޓަލީ އަށް ގޮސް ޓީމުގެ އަސްލު ފެންވަރު ދެއްކޭނެ ގޮތަކަށް ކަންކަން އިންތިޒާމް ކުރަންޖެހޭ ކަމަށެވެ.