އެމަޖެންސީ ލައިންގެ ޚިދުމަތައް ދިމާވި މައްސަލަ ހައްލުކޮށްފިއެވެ.
ފުލުހުންގެ ޚިދުމަތުން ވިދާޅުވީ މައްސަލަ މިހާރު ހައްލުކޮށްފައިވާކަމަށާއި، އެމަޖެންސީ ލައިން، 911 އާއި ހޮޓްލައިންތައް ކަމުގައިވާ 3322111 އަދި 3322112އަށް ދިމާވި ޓެކްނިކަލް މައްސަލަ މިހާރު ހައްލުކޮށްފައިވާ ކަމަށެވެ.
މި ޚިދުމަތަށް މައްސަލައެއް ދިމާވެފައިވާ ކަމަށް ފުލުހުން ވިދާޅުވީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ. އަދި އެކަން ހާމަކުރިތާ ކުޑަ ވަގުތުކޮޅެއްގެތެރޭގައި މިވަނީ މައްސަލަ ހައްލުކޮށްފައެވެ. މައްސަލަ ދިމާވުމާއެކު، ފުލުހުން ވަނީ ވަގުތީގޮތުން ގުޅޭނެ ނަމްބަރެއްވެސް އޭރު ދީފައެވެ.