ޚަބަރު

ބިންވެރިޔާ ސްކީމާއި ގުޅޭ މައްސަލައެއް ތަހުޤީޤުކުރަނީ


  • ތަހުޤީޤުކުރަމުންދަނީ ސްކީމްގެ ދަށުން ގޯތި ނުލިބޭ ބަޔަކަށް އެޗްޑީސީން ގޯތިތަކެއް ދީފައިވާކަމަށް ބެލެވޭ މައްސަލައެއް

ބިންވެރިޔާ ސްކީމާއި ގުޅޭ މައްސަލައެއް ދިވެހި ފުލުހުންގެ ޚިދުމަތުން ތަހުޤީގުކުރަން ފައްޓަވައިފިއެވެ.

ފުލުހުން ވިދާޅުވީ ބިންވެރިޔާ ސްކީމާއި ގުޅޭ މައްސަލައެއް ތަހުޤީޤުކުރަން ފެއްޓެވީ އެ ސްކީމްގެ ދަށުން ގޯތި ނުލިބޭ ބަޔަކަށް އެޗްޑީސީން ގޯތިތަކެއް ދީފައިވާކަމަށް ބެލެވޭ މައްސަލައެއް ފެންމަތިވުމާއި ގުޅިގެންކަމަށެވެ.

ފުލުހުން ވިދާޅުވީ ފެންމަތިވެގެން އުޅޭ މައްސަލައާ ގުޅިގެން ޖިނާޢީ ތަހުޤީޤެއް ފުލުހުން މިހާރު ފައްޓަވާފައިވާކަމަށެވެ.