ވަޒީރު މޫސާސަރުކާރުގެ ފަރާތުން މިއަހަރަށް ހުށަހަޅުއްވާފައިވާ ސަޕްލިމަންޓްރީ ބަޖެޓުގެ ބަހުސް މަޖިލީހުގެ މިއަދުގެ މެންދުރު ދަންފަޅީގައި ކުރިއަށްގެންދިއުމަށް ފާސްކޮށްފިއެވެ.
މިގޮތަށް ފާސްކޮށްފައިވަނީ ސަޕްލިމަންޓްރީ ބަޖެޓުގެ ކަންކަން ވީހާވެސް އަވަހަށް ނިންމުމަށް ބަހުސްގެ މަރުހަލާ ނިމެންދެން މަޖިލީހުގެ ޖަލްސާ ކުރިއަށްގެންދިއުމަށް ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ހުށަހެޅުއްވުމުންނެވެ. މި ހުށަހެޅުއްވުމަށް ތާއީދު ކުރެއްވީ ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާޢުއެވެ.
ފަލާާހު ހުށަހެޅުއްވީ މިއަދު މެންދުރު 1:30ގައި މަޖިލީހުގެ ޖަލްސާ ކުރިއަށް ގެންގޮސް، ސަޕްލިމަންޓްރީ ބަޖެޓުގެ ބަހުސް ނިމެންދެން ކުރިއަށްގެންދިއުމަށެވެ. އަދި ބަހުސް ކުރައްވަން ބޭނުންފުޅުވާ ކޮންމެ މެންބަރަކަށް 5 މިނެޓުގެ ވަގުތެއް ދިނުމަށްވެސް ވަނީ ހުށަހަޅުއްވާފައެވެ.
ބަހުސް ނިންމާލުމަށްފަހު ބަޖެޓް ދިރާސާކުރާ ކޮމިޓީއަށް ބަޖެޓު ފޮނުވައި، ދިރާސާ ކުރުމަށް އެއް ދުވަހުގެ މުއްދަތެއް ދިނުމަށްވެސް ފަލާހު ހުށަހެޅުއްވިއެވެ. އަދި ކޮމިޓީ ރިޕޯޓު ލިބުމަށްފަހު ބާއްވާ ޖަލްސާގައި ކޮމިޓީ ރިޕޯޓަށް ބަހުސް ކުރެއްވުމަށް ކޮންމެ މެންބަރަކަށް 2 މިނެޓުގެ ވަގުތެއް ދިނުމަށްވެސް ފަލާހު ވަނީ ހުށަހަޅުއްވާފައެވެ.
ދައުލަތުގެ ޚަރަދުތައް ފޫބެއްދުމަށް ސަރުކާރުން ވަނީ ރައްޔިތުންގެ މަޖިލީހަށް 5.1 ބިލިޔަން ރުފިޔާގެ ސަޕްލިމެންޓަރީ ބަޖެޓެއް މިއަދު ހުށަހަޅުއްވާފަވެ. މި ބަޖެޓު މަޖިލީހަށް ހުށައެޅުއްވީ މާލީ ވަޒީރު މޫސާ ޒަމީރެވެ.