ޤަވާއިދާ ޚިލާފަށް ގިނަ ޢަދަދެއް ޑޮލަރު ރާއްޖެއިން ބޭރުކުރަން އުޅުނު ބަންގްލަދޭޝް މީހަކު ހިފަހައްޓާފައިވާކަމަށް އެވިއޭޝަން ސެކިއުރިޓީ ކޮމާންޑުން ވިދާޅުވެއްޖެއެވެ.
އެވިއޭޝަން ސެކިއުރިޓީ ކޮމާންޑުން ވިދާޅުވީ ޔޫއެސް ބަންގްލާ އެއަރލައިންސްއިން މާލެއިން ބަންގް؛ަދޭޝްގެ ޑާކާއަށް ފުރަން މިއަދު ދިޔަ ބަންގްލަދޭޝް މީހެއްގެ ދަބަހުން، ޤަވާއިދާއި ޚިލާފަށް ބޭރުކުރަން އުޅުން ގިނަ ޢަދަދެއްގެ ޑޮލަރު ފެނިފައިވާކަމަށެވެ. އެގޮތުން އޭނާގެ ދަބަހުން 81030 ޑޮލަރު ފެނިފައިވާކަމަށް އޭވިއޭޝަން ކޮމާންޑުން ވިދާޅުވިއެވެ.
ޤަވާއިދާ ޚިލާފަށް ގިނަ ޢަދަދެއްގެ ފައިސާ ބޭރުން ކުރަން އުޅުނު މައްސަލަ ކަމާގުޅުންހުރި އިދާރާތަކަށް ހުށައަޅާފައިވާކަމަށްވެސް އޭވިއޭޝަން ކޮމާންޑުން ވިދާޅުވިއެވެ.
މިއަދު (25 އޯގަސްޓް 24) ޔޫއެސް ބަންގްލާ އެއަރލައިންސް (BS338) އިން މާލެއިން ޑާކާއަށް ދަތުރުކުރަން ދިޔަ ބަންގްލަދޭޝް ރައްޔިތެއްގެ ލަގެޖްގައި ފޮރުވައިގެން ޤަވާޢިދާއި ޚިލާފަށް ރާއްޖެއިން ބޭރުކުރަން އުޅުނު 81030 ނަގުދު ފައިސާ (USD )AVSECOMmv@ ގެ ސްކްރީނިންގް ޓީމުން ވަނީ ހޯދާފައެވެ . pic.twitter.com/L1hadeBqMY
— AVSECOM (@AVSECOMmv) August 25, 2024
ދާޚިލީ ސަލާމަތާއި ފަންނިއްޔާތާބެހޭ ވުޒާރާއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ވަޒީރު ޢަލީ އިޙްސާން ވިދާޅުވެފައިވަނީ ޑިކްލެއަރ ނުކޮށް ރާއްޖެއިން ބޭރަށް ގެންދެވޭނީ އެންމެ ގިނަވަގެން 10،000 ޑޮލަރުކަމަށެވެ. އެއަށް ވުރެ ގިނަ އޢަދަދެއްގެ ޑޮލަރު ބޭރަށް ގެންދާނަމަ މިހާރު ޤަވާއިދު އޮންނަ ގޮތުން އެ ފައިސާ އޭނާ ހޯދި ގޮތް ސާބިތުކޮށްދޭން ޖެހޭނެކަމަށް ދާޚިލީ ވަޒީރު ވިދާޅުވެފައިވެއެވެ.
މީގެ ކުރިން ޤަވާއިދު އޮންނަ ގޮތުން އެ ޢަދަދަށް ނުވަތަ އެއަށްވުރެ ގިނައިން ޑޮލަރު ބޭރުކުރާނަމަ، ހަމައެކަނި ގެންދާކަން ކަމާބެހޭ ފަރާތްތަކަށް ދުރަލާ އަންގަންޖެހެއެވެ. ނަމަވެސް ދާދިފަހުން ޤަވާއިދަށް ގެނައި ބަދަލުގައި ބުނެފައިވަނީ ދިހަ ހާހަށްވުރެ އިތުރަށް ޑޮލަރު ރާއްޖެއިން ބޭރުކުރަނަމަ އެމީހަކު އެ ފައިސާ ހޯދިގޮތް ކަމާގުޅޭ އިދާރާތަކަށް ސާބިތުކޮށްދޭންޖެހޭނެކަމަށެވެ.