ބިދޭސީންގެ ފީ ގަވާއިދުން ދައްކަމުން އަންނަ ކުންފުނިތަކުގެ ލިސްޓެއް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިން އާންމުކުރައްވައިފިއެވެ.
އެ ވުޒާރާއިން ވަނީ ވަޒީފާ އަދާކުރާ ބިދޭސީންނާ ގުޅިގެން ދައްކަންޖެހޭ ފީތަކާއި ޖޫރިމަނާ އެއްލައްކައަށްވުރެ މައްޗަށް އަރާފައިވާ ފަރާތްތަކުގެ ލިސްޓެއް މިދިޔަ ޖުލައި މަހުގެ 24ވަނަ ދުވަހު އާންމުކުރައްވާފައެވެ. ނަމަވެސް އެ ލިސްޓުގައި ގަވާއިދުން ފީ ދައްކަމުންދާ ކުންފުނިތައްވެސް ހިމެނޭކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.
ބިދޭސީންގެ ފީ ނުދައްކާ ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިން ނެރެފައިވާ ލިސްޓުގައި ރާއްޖޭގެ ބޮޑެތި ކުންފުނިތައްވެސް ހިމެނެއެވެ. ނަމަވެސް އެ ލިސްޓުގައި ހިމެނޭ 20 ކުންފުންޏަކުން ގަވާއިދުން ފީ ދައްކަމުންދާ ކަމަށް އެ ވުޒާރާއިން މިރޭ ނެރުނު ބަޔާނެއްގައި ވަނީ ވިދާޅުވެފައެވެ.
- އެލިއާ ކޮންސްޓްރަކްޝަން
- އަންގިރި ރެސޯޓްސް މެނޭޖްމަންޓް އެންޑް އޮޕަރޭޝަންސް
- ބްރެނިއާ މޯލްޑިވްސް
- ޗިކާނޯ އިންވެސްޓްމަންޓް
- އީސްޓް ކޯސްޓް އިންވެސްޓްމަންޓް
- ގޭޖް ޕްރައިވެޓް ލިމިޓެޑް
- ހެވީ ފޯސް
- ހޮރައިޒަން ފިޝަރީޒް
- އިންޓަރނޭޝަނަލް ބެވަރެޖެސް ކޮމްޕެނީ
- މަހޯގަނީ
- ޕެސްޓް އެކްސް މޯލްޑިވްސް
- ޕްރެސްޓައިން އައިލެންޑްސް އިންވެސްޓްމަންޓް (މޯލްޑިވްސް)
- ރެޑް ވޭވް
- ރެނާޓަސް ޕްރޮޖެކްޓްސް
- ސީގަލް ގްރޫޕް
- އެސްކޭ މޯލްޑިވްސް
- ދަ ހޯކްސް
- ޔުނިވަރސަލް އެންޓަޕްރައިސަސް
- ވިލާ ހަކަތަ
- ވިލާ ޝިޕިން އެންޑް ޓްރޭޑިން ކޮމްޕެނީ
ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންނާއި ގުޅިގެން ދައްކަންޖެހޭ ފީތަކާއި ޖޫރިމަނާތަކާއި ގުޅޭ pic.twitter.com/PQYPgrGjj8
— Ministry of Homeland Security & Technology, MV (@HomeMinistrymv) August 15, 2024
ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިން ވިދާޅުވީ ފީ ނުދައްކާ ކުންފުނިތަކުގެ ލިސްޓުގައި މި ކުންފުނިތައް ހިމެނިފައިވަނީ އެވަގުތަށް ދައުލަތަށް ދައްކަން ޖެހޭ ފީގެ އަދަދު އެއް ލައްކަ ރުފިޔާއަށްވުރެ އިތުރުވުމުގެ ސަބަބުން ކަމަށެވެ. ނަމަވެސް މި ކުންފުނިތަކަކީ އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް ފޯރުކޮށްދޭ ޚިދުމަތްތަކުގައި ފީތަކާ ގުޅިގެން ގަވާއިދުން ދައުލަތަށް ދައްކަންޖެހޭ ފީތައް ދައްކަމުންދާ ކުންފުނިތައްކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ.
މީގެ އިތުރުން މިއަދާ ހަމައަށް އެ ކުންފުނިތަކުން ދައުލަތަށް ދައްކަން ޖެހޭކަމަށް ކަނޑައެޅިފައިވާ އަދަދަށް ފައިސާ ދައްކާފައިވާ ކަމަށްވެސް އެ ވުޒާރާއިން ނެރުނު ބަޔާނުގައި ވަނީ ވިދާޅުވެފައެވެ.