ޚަބަރު

ހުޅުމާލޭގައި ގްރޫޕް މާރާމާރީއެއް ހިނގައި ދެ މީހަކަށް އަނިޔާވެއްޖެ


  • އަނިޔާވި ދެ މީހުންނަށް ހުޅުމާލޭ ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުން

  • މި މައްސަލައިގައި އެކަކު ވަނީ ހައްޔަރުކޮށްފައި

  • ފުލުހުންނަށް މިކަން ރިޕޯޓްކުރީ މިރޭ 21:00 ހާއިރު

ހުޅުމާލޭގައި ފޭސް 1 ގައި ގްރޫޕް މާރާމާރީއެއް ހިންގައި ދެ މީހަކަށް އަނިޔާވެއްޖެއެވެ.

ހުޅުމާލޭގައި މިރޭ ހިނގި މާރާމާރީގެ މައްސަލަ ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ، 21:00 އަކަށްހާއިރެވެ. ފުލުހުން ވިދާޅުވީ މިމާރާމާރީ ހިންގާފައިވަނީ ދެ ގްރޫޕެއްގެ ދެމެދުގައި ކަމަށެވެ.

މި މާރާމާރީގައި އަނިޔާވި ދެ މީހަކަށް ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާ ދެމުންދާކަމަށް ފުލުހުން ވިދާޅުވެއެވެ. ފުލުހުން ވިދާޅުވީ މިއީ ޕާކެއްގެ ތެރޭގައި ތިބި ގްރޫޕަކާއި އިންޑިއާއަށް ނިސްބަތްވާ މީހުންތަކެއްގެ މެދުގައި ހިނގި ހަމަނުޖެހުމެއްކަމަށެވެ. އަދި މި މައްސަލައާގުޅިގެން އެކަކު ހައްޔަރުކޮށްފައިވާކަމަށެވެ.

ނަމަވެސް އިތުރު ތަފްޞީލެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުޤީޤު ކުރަމުންނެވެ.