ދުނިޔެ

ޔަމަންގެ ސަރުކާރުން އޮތީ އެޤައުމަށް ސުލްޙަ ގެނައުމުގެ އަޒުމުގައި


ޔަމަނަށް ސުލްހަ ގެނައުމުގެ އަޒުމުގައި ޔަމަންގެ ސަރުކާރު އޮތްކަމަށް އެޤައުމުގެ ބޮޑުވަޒީރު އަހްމަދު ބިން ދަޣާ ވިދާޅުވެއްޖެއެވެ.

ކުވައިތުގައި ކުރިޔަށްދާ ޔަމަންގެ ސުލްޙައިގެ ވާހަކަތަކަށް 4 ދުވަސް ވެފައިވަނިކޮށް ދެއްވި ބަޔާނެއްގައި ދަޣާ ވިދާޅުވީ ޔަމަނަށް ސުލްޙަ ގެނައުމަށްޓަކައި އިދިކޮޅު ހޫޘީންނާއެކު އިޚްލާސްތެރިކަމާއެކު ވާހަކަތައް ކުރިޔަށްގެންދަން ސަރުކާރުން ބޭނުންވާކަމަށާ އަދި ވާހަކަތައް ކާމިޔާބު ކުރަންވެސް ސަރުކާރުން ބޭނުންވާކަމަށެވެ. ޔަމަންގެ ސުލްޙައިގެ ވާހަކަތައް ކުރިޔަށް ދަނިކޮށް ސައޫދީން އިސްވެ ޙަކަކާތްތެރިވާ އަރަބި ކޯލިޝަނުން މިދިޔަ އާދީއްތަ ދުވަހު ވަނީ ޔަމަންގެ ބަނދަރު ރަށެއްކަމަށްވާ މުކަލާއަށް ވަރުގަދަ ވައިގެ ޙަމަލާތަކެއްދީ އަލްގައިދާ ޖަމާޢަތުގެ އަތްދަށުން އެރަށް މިނިވަންކޮށްފައެވެ.

މުކަލާއަކީ ފާއިތުވި ހައެއްކަ އަހަރު ތެރޭގައި އަލްގައިދާގެ ހަނގުރާމަވެރިންގެ ކޮންޓްރޯލްގެ ދަށުގައިއޮތް ރަށެކެވެ.