ޚަބަރު

ލ.ގަމު ގެއެއްގައި ރޯވި އަލިފާން ނިއްވާލައިފި


ލ.ގަމުގައި އަލަށް މީހުން އާބާދުވަމުންދާ ސަރަހައްދުގައި ހުރި ގެއެއްގައި ރޯވި އަލިފާން އެމްއެންޑީއެފް ސެންޓްރަލް އޭރިއާއިން ނިއްވާލައިފިއެވެ. މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުންވެފައެއް ނުވެއެވެ. 

މި ހާދިސާގެ މަޢުލޫމާތު އެމް.އެން.ޑީ.އެފަށް ލިބިފަިއވަނީ މިރޭ 18:40 ހާއިރުކަމަށް އެމް.އެން.ޑީ.އެފުން ވިދާޅުވެއެވެ. އަދި އެވަގުތު ލ.ކައްދޫ ފަޔަރ ސްޓޭޝަނުގެ މުވައްޒަފުން ގޮސް އަލިފާން ނިއްވާލެވުނީ މިރޭ 20:30 ހާއިރު ކަމަށްވެސް އެމް.އެން.ޑީ.އެފުން ވިދާޅުވެއެވެ. މިހާދިސާގައި އަލިފާން ރޯވެފައިވަނީ ލ.ގަމު ތުނޑީ އަވަށު ނަރުގިސް ގޭގައި ކަމަށާއި އެގެއަކީ މީހުން ދިރިނޫޅޭ ގެއެއް ކަމަށްވެސް އެމްއެންޑީއެފުން ވިދާޅުވެއެވެ. 

މި ހާދިސާގައި ނަރުގިސް ގޭގެ ސީލިންގަށާއި ފުރާޅަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވެއެވެ.