ޒިކާ ވައިރަސް ފެތުރެމުންދާ ސަރަޙައްދުތަކުގައި ޢާއްމު ސިއްޙަތުގެ ކަންތައްތައް ރަނގަނޅު ކުރުމަށް ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާ ޑަބްލިޔު.އެޗް.އޯއިން ގޮވާލައިފިއެވެ.
ޒިކާ ވައިރަސް ފެތުރުން ހުއްޓުވޭނީ ނުވަތަ އެ ބަލި ފެތުރޭ މިންވަރު ކުޑަކުރެވެނީ ޢާއްމު ސިއްޙަތުގެ މިންގަނޑުތަކާ އެއްގޮތަށް އަމަލުތައް ބަހައްޓައިގެންކަމަށް އެ ޖަމްޢިއްޔާއިން ބުނެފައިވެއެވެ. އެ އެހެންކަމުން ޒިކާ ވައިރަސް ފެތުރެމުންދާ ސަރަޙައްދުތަކުގައި ޢާއްމު ސިއްޙަތާ ގުޅިފައިވާކަންކަމަށް ދޭ ސަމާލުކަން އިތުރުކޮށް އެސަރަޙައްދުތަކުގެ އާންމުން އެކަންކަމަށް ހޭލުންތެރިކުރުވުމަށް އިތުރަށް މަސައްކަތް ކުރަންޖެހޭކަމަށް އެ ޖަމްޢިއްޔާއިން ބުނެއެވެ.
ޒިކާ ވައިރަސް ފެތުރޭ ސަރަޙައްދުތަކުގައި ޖިންސީ ގުޅުމުން ޖެހޭ ބަލިތައްވެސް ފެތުރެމުންދާއިރު މިއީވެސް ސަމާލުކަން ދޭން ޖެހޭކަމެއް ކަމަށާއި ޒިކާ ވައިރަސް ފެތުރޭ ސަރަޙައްދުތަކުގެ އަންހެނުން މާބަނޑުވުމާ ބެހޭގޮތުން ގޮތްތަކެއް ނިންމުމަށްޓަކައި އަންހެނުންނަށާއި ފިރިހެނުންނަށް އެކަންކަމާބެހޭ އިރުޝާދުތައް ދޭންޖެހޭކަމަށްވެސް ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާއިން ބުނެއެވެ.