ހުސްވި މެއިމަހު ރާއްޖެއަށް 120،960 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ހުސްވި މެއިމަހަކީ އަހަރުގެ ފުރަތަމަ 5 މަސްދުވަހަށް ބަލާއިރު ރާއްޖެއަށް އެންމެ މަދުން ފަތުރުވެރިން އައި މަހެވެ.
މިއަހަރުގެ މެއިމަހު ރާއްޖެއަށް 120،960 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު މިއީ 2022 ވަނަ އަހަރާ އަޅާބަލާއިރު 4568 ފަތުރުވެރިންގެ ދަށްވުމެއްކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައެވެ.
2022 ވަނަ އަހަރުގެ މެއިމަހު ރާއްޖެއަށް އައިސްފައިވަނީ 125،528 ފަތުރުވެރިންނެވެ. 2022 ވަނަ އަހަރާ އަޅާބަލާއިރު މި އަހަރުގެ މެއިމަހު ރާއްޖެ އައި ފަތުރުވެރިންގެ އަދަދު ދަށްވި ނަމަވެސް ކޯވިޑްގެ ކުރިން 2019 ވަނަ އަހަރާއި އަޅާބަލާއިރު މިއީ އިތުރު އަދަދެކެވެ. 2019 ވަނަ އަހަރުގެ މެއިމަހު ރާއްޖެ އައިސްފައިވަނީ 64،613 ފަތުރުވެރިންނެވެ.
މުޅި އަހަރަށް ބަލާއިރު ރާއްޖެ އައި ފަތުރުވެރިންގެ އަދަދު އުޅެނީ 2022 ވަނަ އަހަރަށްވުރެ މަތީގައެވެ. އެގޮތުން މިއަހަރުގެ ފުރަތަމަ 5 މަސްދުވަހު ރާއްޖެ އައިސްފައިވަނީ 809245 ފަތުރުވެރިންނެވެ. 2022 ވަނަ އަހަރު މި އަދަދު ހުރީ 702،332 ގައެވެ.
* ޖަނަވަރީ - 172،499 ފަތުރުވެރިން
* ފެބްރުވަރީ - 177،915 ފަތުރުވެރިން
* މާރިޗު - 173،514 ފަތުރުވެރިން
* އެޕްރީލް - 164،357 ފަތުރުވެރިން
* މެއި - 120،960 ފަތުރުވެރިން
* ރަޝިއާ
* އިންޑިއާ
* ޔޫކޭ
* އިޓަލީ
* ޖަރުމަނު
* ޗައިނާ
* އެމެރިކާ
* ފްރާންސް
* ސްވިޓްޒަލޭންޑް
* ސައުތު ކޮރެއާ
ޓޫރިޒަމް މިނިސްޓްރީގެ އަމާޒަކީ މިއަހަރު ރާއްޖެއަށް 1.9 މިލިއަން ފަތުރުވެރިން ގެނައުމެވެ. އެގޮތުން މުޅި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ރާއްޖެ އިޝްތިހާރުކުރުމަށް އެމްއެމްޕީއާރުސީ އާއި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތުގެ އެކި ފަރާތްތަކުން އަންނަނީ މަސައްކަތް ކުރަމުންނެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން ރާއްޖޭގައި މިވަގުތު 1241 ތަނެއް އަންނަނީ އޮޕަރޭޓްކުރަމުންނެވެ. އެއީ މުޅި ޖުމްލަ 60،734 އެނދެވެ.