ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ހަންގޭރީއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އިޤްތިޞާދާއި ފަތުރުވެރިކަން ކުރިއެރުވުމާއި ގުޅޭ މަޝްވަރާތަކެއް ބާއްވަވައިފިއެވެ.
މިނިސްޓަރ ޝާހިދު ހަންގޭރީއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅަކީ ޔޫރަޕްގެ ބައެއް ޤައުމުތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ކުރައްވާ ދަތުރުފުޅެކެވެ.
ހަންގޭރީއަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ހަންގޭރީގެ ޚާރިޖީ ވަޒީރު، ޕީޓަރ ސިޔާރޓޯއާ މިއަދު ވަނީ ބައްދަލުކުރައްވާފައެވެ. އެ ޤައުމުގެ ވެރިރަށް ބުޑަޕެސްޓްގައި ބޭއްވި ބައްދަލުކުރެއްވުމުގައި މިނިސްޓާރ ޝާހިދު ވަނީ ހަންގޭރީގެ ހާރިޖީ ވަޒީރު މިނިސްޓަރު ސިޔާރޓޯ މިދިޔަ އަހަރު ދިވެހިރާއްޖެއަށް ކުރެއްވި ދަތުރުފުޅުގެ ސަބަބުން ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިވެގެން ދިޔަކަން ފާހަގަކުރައްވާފައެވެ. މި ބައްދަލުވުމުގައި އިގްތިޞާދީ، ތައުލީމީ، ކުޅިވަރު އަދި ފަތުރުވެރިކަމުގެ ދާއިރާއިން ދެ ގައުމުގެ ދެމެދުގައި ގުޅުން ބަދަހިކުރުމާއި ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ.
Delighted to meet my dear friend Péter Szijjártó, Foreign Minister of #Hungary in Budapest today.
— Abdulla Shahid (@abdulla_shahid) May 11, 2023
His visit to the #Maldives last year significantly enhanced ??-?? relations and our discussions today focused on a broad range of issues, including trade, tourism, education and… pic.twitter.com/hQyT4VjnrQ
ހަންގޭރީގެ ހާރިޖީ ވަޒީރުގެ އިތުރުން މިނިސްޓަރ ޝާހިދު ވަނީ އެ ޤައުމުގެ ޓޫރިޒަމް އޭޖެންސީގެ އެގްޒެކެޓިވް އަދި ބޯޑް އޮފް ޑިރެކްޓަރޒްގެ މެމްބަރު ލާޒްލޯ ކޮންޔިޑްއާވެސް ބައްދަލުކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި ދިވެހިރާއްޖެއަށް ފަތުރުވެރިކަމުގެ ދާއިރާއިން ލިބެމުންދާ ކުރިއެރުންތައް ހިއްސާކުރެއްވިއެވެ. އަދި ދެމެހެއްޓެނިވި ފަތުރުވެރިކަމުގެ މުހިންމުކަމާއި ގުޅޭގޮތުންވެސް ދެ ބޭފުޅުން މަޝްވަރާކުރެއްވިއެވެ.
މިނިސްޓަރ ޝާހިދުގެ ދަތުރުފުޅުގެ ތެރެއިން ހަންގަރީގެ ޕަރލަމެންޓަށްވެސް ވަނީ ރަސްމީ ޒިޔާރަތެއް ކުރައްވާފައެވެ. އެ ޒިޔާރަތުގައި މަޖިލީހުގެ ނައިބު ރައީސް ޗާބަ ހެންޑެއާ ޝާހިދު ބައްދަލުކުރެއްވިއެވެ.
Great discussion with the Executive/Board Member of the Hungarian Tourism Agency, László Könnyid.
— Abdulla Shahid (@abdulla_shahid) May 11, 2023
As the global tourism industry recovers following the impacts of #COVID19, we discussed the potential for enhancing tourism between our two countries, especially the importance of… pic.twitter.com/pzQeeRoMsG
މި ދަތުރުފުޅުގެ ތެރެއިން ޝާހިދު ވަނީ ހަންގަރީގައި މަތީ ތައުލީމު ހާސިލްކުރަމުންދާ ބައެއް ދިވެހި ދަރިވަރުންނާއިވެސް ބައްދަލުކުރެއްވިއެވެ. އަދި އެ ދަރިވަރުންގެ ކިޔެވުމާއި ބެހޭގޮތުންނާއި ހަންގޭރީގައި ދިރިއުޅުމުގެ ތަޖްރިބާއާ ބެހޭގޮތުންވެސް މަޝްވަރާކުރެއްވިއެވެ.
Delighted to meet with some of the Maldivian students pursuing their higher education in Hungary. They are the first recipients of the Hungarian Government's Stipendium Hungaricum Programme. We had a wonderful chat about their studies and experience.
— Abdulla Shahid (@abdulla_shahid) May 12, 2023
It fills me with pride to… pic.twitter.com/MaLeY6e8Mc
ހަންގޭރީއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅާއި ގުޅޭގޮތުން ޝާހިދު ވިދާޅުވީ މި ދަތުރުގެ ސަބަބުން ދިވެހިރާއްޖެ އާއި ހަންގަރީއާ ދެމެދު އޮތް ގާތްގުޅުން އިތުރަށް ކުރިއެރުވުމަށްޓަކައި މަޝްވަރާތައް ކުރިއަށްދާނެކަމަށެވެ. އަދި މި ކަމުގެ ސަބަބުން ދެ ގައުމަށްވެސް ގިނަގުނަ ފައިދާތައް ކުރާނެކަމަށްވެސް ޝާހިދު ވިދާޅުވިއެވެ.
ޝާހިދުގެ ދަތުރުފުޅުގައި ހަންގޭރީއަށް ވަޑައިގަތުމުގެ ކުރިން އެމަނިކުފާނު ވަނީ ސާރބިއާއަށް ވަޑައިގެން އެޤައުމުގެ އިސްވެރިންނާއެކު މަޝްވަރާތައް ބާއްވާފައެވެ. އަދި އެ ދަތުރުގެ ތެރެއިން ވަނީ މުހިއްމު އެއްބަސްވުންތަކެއްގައިވެސް ސޮއިކުރައްވާފައެވެ.