އެސްޓީއޯއިން އަބަދުވެސް މަސައްކަތްކުރަނީ ކަސްޓަމަރުންނަށް އީޖާދީ އަދި ފަސޭހަ ހިދުމަތްތަކެއް ގެނެސްދިނުމަށްކަމަށް އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ އަބްދުالله ސައީދު ވިދާޅުވެއްޖެއެވެެ.
އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ މިހެން ވިދާޅުވީ އެސްޓީއޯ ޕީޕަލް ޗޮއިސްއިން ވިޔަފާރިކުރާ ފަރާތްތަކަށް އުރީދޫ އެމް-ފައިސާ މެދުވެރިކޮށް ފައިސާ ދެއްކޭނެ އިންތިޒާމް ހަމަޖެއްސުމާއި ގުޅިގެނެވެ.
މި ތައާރަފްކުރެވުނު ހިދުމަތާއެކު އެސްޓީއޯ ޕީޕަލް ޗޮއިސްއިން ވިޔަފާރިކުރާ ފަރާތްތަކަށް އުރީދޫ އެޕް މެދުވެރިކޮށް ކައުންޓަރުގައި ބަހައްޓާފައިވާ ކިއު.އާރް ކޯޑެއް ސްކޭންކޮށްގެން ފަސޭހަކަމާއެކު ފައިސާ ދެއްކޭނެކަމަށް އެސްޓީއޯއިން ބުނެއެވެ.
އުރީދޫ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ޚާލިދު އަލް ހަމާދީ ވިދާޅުވީ އެމް-ފައިސާގެ ޙިދުމަތާއެކު ކަސްޓަމަރުންނަށް ރައްކާތެރި، އަދި ހަރުދަނާ ޑިޖިޓަލް ޚިދުމަތެއްގެ ތެރެއިން މިހާރު ދަތިކަމެއް ނެތި އެސްޓީއޯ ޕީޕަލްސް ޗޮއިސްގައި އެމް-ފައިސާގެ ފަސޭހަކަން ލިބިގެންދާނެކަމަށެވެ.
އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ އަބްދުالله ސައީދު ވިދާޅުވީ އެސްޓީއޯ ޕީޕަލްސް ޗޮއިސްއިން އަބަދުވެސް މަސައްކަތް ކުރަނީ ކަސްޓަމަރުންނަށް އީޖާދީ އަދި ފަސޭހަ ހިދުމަތްތަކެއް ގެނެސްދިނުމަށްކަމަށެވެ. އަދި އުރީދޫއާއެކު އެމް-ފައިސާގެ ޙީދުމަތް ކަސްޓަމަރުންނަށް ފޯރުކޮށްދެވުމަކީ އޭގެ މިސާލެއްކަމަށާއި އަދި އެމް-ފައިސާ ހިދުމަތާއިއެކު ކަސްޓަމަރުންނަށް އަވަސް އަދި ފަސޭހަ ހިދުމަތެއް ލިބިގެންދާނެކަމަށް ސައީދު ވިދާޅުވިއެވެ.
އެސްޓީއޯ ޕީޕަލްސް ޗޮއިސްއަކީ ކާބޯތަކެތީގެ ބާވަތްތަކާއި ގޭތެރޭގެ ސާމާނާއި އިލެކްޓްރޯނިކްސް ފަދަ ގިނަ ބާވަތްތަކެއް ލިބެން ހުންނަ ރާއްޖޭގެ މަޝްހޫރު ހޯލްސޭލް އަދި ރީޓެއިލް ސްޓޯރު ޗެއިނެކެވެ.
އެސްޓީއޯއިން ބުނީ އެމް-ފައިސާ މެދުވެރިކޮށް އެސްޓީއޯ ޕީޕަލް ޗޮއިސްއަށް މިހާރު ފައިސާ ދެއްކޭއިރު ކުރިއަށް އޮތްތަނުގައި މި ޙިދުމަތް އެސްޓީއޯގެ އެހެން ފިހާރަތަކަށް ފުޅާކުރެވިގެންދާނެއެވެ.
އުރީދޫ އެމް-ފައިސާއަކީ ފަސޭހަކަމާއެކު ފައިސާ ޖަމާކުރުމާއި ފައިސާ ނެގުމާއި ޓްރާންސްފަރކުރުމުގެ އިތުރުން ވިޔަފާރިތަކަށް ފައިސާ ދެއްކޭ ޑިޖިޓަލް ޕޭމަންޓް ސޮލިއުޝަނެކެވެ. މީގެ އިތުރުން ސްޓެލްކޯ، އެމްޑަބްލިއުއެސްސީ، އުރީދޫގެ ބިލް އަދި ރާސްޓަސް ގެ އިތުރުން މީޑިއާނެޓް ފަދަ އެކި ހިދުމަތްތަކަށް ބިލް ދެއްކުންވެސް ފަސޭހަކޮށްދެއެވެ.