ޚަބަރު

އޮސްކާގައި މިފަހަރު ވިދާލީ "އެވްރިތިންގް އެވްރިވެއާ އޯލް އެޓް ވަންސް"


95 ވަނަ އެކަޑަމީ އެވޯޑްސް އިއްޔެ ރޭ އެމެރިކާގެ ލޮސް އެންޖަލިސްގައި ބާއްވާފައިވާއިރު، މިފަހަރުގެ ހަފްލާގައި އެންމެ ވިދާލީ މިދިޔަ އަހަރު ދެއްކި އެކްޝަން ކޮމެޑީ ޑްރާމާ "އެވްރިންތިން އެވްރިވެއާ އޯލް އެޓް ވަންސް" އެވެ.

ލޮސް އެންޖަލިސްގެ އޮވޭޝަން ހޮލީވުޑްގެ ޑޮލްބީ ތިއޭޓަރުގައި ބާއްވާފައިވާ މި ހަފްލާގައި މި ފިލްމު ވަނީ 11 ކެޓަގަރީ އަކަށް ނޮމިނޭޓްވެފައެވެ.

އެތަނުން 7 ކެޓަގަރީގެ އެވޯޑް މި ފިލްމުން ވަނީ އުފުލާލާފައެވެ. އެއީ އެންމެ މޮޅު ފިލްމާއި، އެންމެ މޮޅު ޑައިރެކްޓަރު (ޑެނިއަލް ކްވެން)، އެންމެ މޮޅު ބަތަލާ (މިޝެލް)، އެންމެ މޮޅު ސަޕޯޓިން ބަތަލާ (ޖެމީ ލީ ކާޓިސް)، އެންމެ މޮޅު ސަޕޯޓިން އެކްޓަރު (ކެ ހޫ ގުއާން)، އެންމެ މޮޅު އޮރިޖިނަލް ސްކްރީންޕްލޭ އަދި އެންމެ މޮޅު އެޑިޓިންގެ އެވޯޑެވެ.

"އިވްރީތިން އެވްރީވެއާ އޯލް އެޓް ވަންސް" އަކީ މި އަހަރުގެ ގޯލްޑެން ގްލޯބް އެވޯޑްގައި ވެސް އެ އެވޯޑް ގެންދިޔަ ފިލްމެކެވެ.

އޮސްކާގެ ފާހަގަކޮށްލެވޭ އެވޯޑުތައް:

• އެންމެ މޮޅު އެކްޓަރު: ބްރޭންޑަން ފްރޭޒާ (ދަ ވޭލް)
• އެންމެ މޮޅު އޮރިޖިނަލް ލަވަ: ނާޓޫ ނާޓޫ (އާރްއާރްއާރް)
• އެންމެ މޮޅު އޮރިޖިނަލް ސްކޯ: (އޯލް ކްއައިޓް އިން ދަ ވެސްޓަން ފްރޮންޓް)
• އެންމެ މޮޅު މޭކަޕް/ހެއާ ސްޓައިލް: (ދަ ވޭލް)
• އެންމެ މޮޅު ކޮސްޓިއުމް: (ބްލެކް ޕެންތާ: ވެކަންޑާ ފޯއެވާ)
• އެންމެ މޮޅު ސިނަމަޓޯގްރަފީ: (އޯލް ކްއައިޓް އިން ދަ ވެސްޓަން ފްރޮންޓް)
• އެންމެ މޮޅު ޕްރޮޑަކްޝަން ޑިޒައިން: އޯލް ކްއައިޓް އިން ދަ ވެސްޓަން ފްރޮންޓް
• އެންމެ މޮޅު ވިޝުއަލް އިފެކްޓްސް: އެވެޓާ: ދަ ވޭ އޮފް ވޯޓާ
• އެންމެ މޮޅު އެޑަޕްޓެޑް ސްކްރީންޕްލޭ: ވިމެން ޓޯކިން
• އެންމެ މޮޅު އިންޓަނޭޝަނަލް ފިލްމު: އޯލް ކްއައިޓް އިން ދަ ވެސްޓަން ފްރޮންޓް (ޖަރުމަން)
• އެންމެ މޮޅު އެނިމޭޓެޑް ފީޗާ: ގްލިމޯ ޑެލް ޓޯރޯސް ޕިނޯކިއޯ
• އެންމެ މޮޅު ޑޮކިއުމަންޓަރީ ފީޗާ: ނަވަލްނީ