ދެކުނު ޗައިނާ ކަނޑުގައި ޗައިނާ ހިންގާ އަސްކަރީ ހަރަކާތްތަކަކީ ހަވާއީގައި އެމެރިކާއިން ހިންގާފަދަ އަސްކަރީ ހަރަކާތްތަކެއް ކަމަށް ޗައިނާގެ ޚާރިޖީ ވުޒާރާއިން ސިފަކޮށްފިއެވެ.ޗައިނާގެ ޚާރިޖީ ވުޒާރާއިން މިހެންބުނީ ދެކުނު ޗައިނާ ކަނޑުގައި ހަމަނުޖެހުން އުފެއްދުމަށް މަސައްކަތް ކުރާކަމުގެ ތުހުމަތު އެމެރިކާއިން ޗައިނާގެ މައްޗަށް ކޮށްފައިވަނިކޮށެވެ. އެމެރިކާއިން ޗައިނާގެ މައްޗަށް މިތުހުމަތު ކުރީ ދެކުނު ޗައިނާ ކަނޑުގައި ސަރަހައްދީ ރޮނގުގެ މައްސަލަ ޖެހިފައިވާ ޖަޒީރާއެއްގައި ޗައިނާއިން މިސައިލްތަކެއް ރުކުރުވާލި މައްސަލައާ ގުޅިގެންނެވެ. ނަމަވެސް މައްސަލަ ޖެހިފައިވާ ޖަޒީރާގައި މިސައިލްތަކެއް ރުކުރުވާލިކަމަށްބުނެ ޓައިވާނުން ފެތުރި ޚަބަރުތައް ޗައިނާ ސަރުކާރުން ކަށަވަރު ކޮށްދީފައެއްނުވެއެވެ.ދެކުނު ޗައިނާ ކަނޑުގައި ޗައިނާ ހިންގާ އަސްކަރީ ހަރަކާތްތަކަކީ އެމެރިކާ ސިފައިން ހަވާއީގައި ހިންގާ ފަދަ އަސްކަރީ ހަރަކާތްތަކެއް ކަމަށް ޗައިނާގެ ޚާރިޖިއްޔާއިން ސިފަކުރުމަކީ އެމެރިކާއަށް ގޮންޖެހުމުގެ އަމަލެއްކަމަށް މުރާސިލުން ބުނެއެވެ.