ދުނިޔެ

ތުރުކީ ފުލުހުންނާއި ކުރުދީންނާ ދެމެދު ވަރުގަދަ ކުރިމަތިލުންތަކެއް


ތުރުކީވިލާތުގެ އިރު ދެކުނުގެ ދިޔާރު ބަކްރު ސަރަޙައްދުގައި އެޤައުމުގެ ކުރުދީ ދަރިކޮޅުގެ ރައްޔިތުންނާއި ތުރުކީ ފުލުހުންނާ ދެމެދު ވަރުގަދަ ކުރިމަތިލުންތަކެއް ހިނގައިފިއެވެ.މި ކުރިމަތިލުންތައް ހިނގީ ދިޔާރު ބަކްރު ސިޓީގައި ކާފިޔު ހިންގާފައިވާތީ އެކަމާ ދެކޮޅުހެދުމުގެ ގޮތުން ކުރުދީންގެ އެތައްހާސް ބަޔަކު މަގުތަކަށް ނުކުމެ މުޒާހަރަކުރަން ފެށުމާއި ގުޅިގެންނެވެ. މި މުޒާހަރާތައް ހުއްޓުވުމަށްޓަކައި ތުރުކީ ފުލުހުން ބާރުގެ ބޭނުންކޮށްފައިވާއިރު މުޒާހަރާކުރި މީހުންވެސްވަނީ ފުލުހުންނަށް އޮށްގަލުން ޙަމަލާދީފައެވެ. މި ކުރިމަތިލުންތަކުގައި މުޒާހަރާކުރި މީހުންގެ އިތުރުން ތުރުކީ ފުލުހުންގެ ބައެއް މީހުންނަށް އަނިޔާވި ކަމަށް ޚަބަރުތައް ބުނެއެވެ.ތުރުކީވިލާތުގެ އިރު ދެކުނުގެ ދިޔާރު ބަކްރު ސިޓީއާއި އެސިޓީގެ ވަށައިގެންވާ ސަރަހައްދުތަކަކީ ކުރުދީންގެ ސިޔާސީ އަދި މަދަނީ ހައްޤުތަކަށް މަސައްކަތްކުރާ ކުރުދީންގެ ޖަމާޢަތެއްކަމަށްވާ ޕީކޭކޭއަށް ތާއީދުކުރާ މީހުން ގިނަ ސަރަޙައްދެކެވެ. ތުރުކީ ސިފައިން ގެންދަނީ އެސަރަޙައްދުގައި ޕީކޭކޭ ހަނގުރާމަވެރިންނާ ދެކޮޅަށް އަސްކަރީ އޮޕަރޭޝަންތަކެއް ހިންގަމުންނެވެ.