ދިވެހިރާއްޖެއަކީ އޯގަނައިޒޭޝަން އޮފް އެފްރިކަން ކެރީބިއަން އެންޑް ޕެސިފިކް ސްޓޭޓްސް (އޯ.އޭ.ސީ.ޕީ.އެސް.)ގެ ފުރިހަމަ މެމްބަރު ޤައުމެއްގެ ގޮތުގައި ހަމަޖެހިއްޖެއެވެ.
އެންގޯލާގެ ލުއާންޑާގައި މި ޑިސެންބަރު މަހުގެ 6 އިން 9 އަށް ކުރިޔަށްދާ އޯ.އޭ.ސީ.ޕީ.އެސް. ގެ 10 ވަނަ ސަމިޓުގައި އެ ޖަމުޢިއްޔާގެ މެމްބަރު ހުރިހާ ޤައުމަކުން ވެސް ވަނީ އެ ޖަމިއްޔާގެ ފުރިހަމަ މެމްބަރު ޤައުމަކަށް ދިވެހިރާއްޖެވުމަށް ހުށަހެޅި ހުށަހެޅުން ބަލައިގަތުމަށް ތާޢީދުކޮށްފައެވެ.
މި ސަމިޓްގައި ބައިވެރިވެވަޑައިގަންނަވާ ދިވެހި ވަފްދުގެ އެންމެ އިސްބޭފުޅެއްގެ ގޮތުން އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ޚާއްޞަ މަންދޫބެއްގެ ހައިޞިއްޔަތުން، ވަޑައިގެންނެވީ މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޢަބްދުالله ޝާހިދު (ނ.ޢ.ޢ.ވ) އެވެ.
Honoured to represent President @ibusolih and lead the #Maldives delegation at the 10th #OACPS Summit.
— Abdulla Shahid (@abdulla_shahid) December 9, 2022
I look forward to a productive Summit, as well as meeting a lot of my counterparts from across the world. pic.twitter.com/6FVl98x8Wp
އޯ.އޭ.ސީ.ޕީ.އެސް. ގެ ހުރިހާ މެމްބަރު ޤައުމުތަކުގެ ތާޢީދު ލިބުމާ އެކު، އޯ.އޭ.ސީ.ޕީ.އެސް.ގެ މެމްބަރު ޤައުމުތަކުން އަދާކުރަންޖެހޭ އެންމެހައި މަސްއޫލިއްޔަތުތައް ބަޔާންކޮށްފައިވާ "ރިވައިސްޑް ޖޯޖްޓައުން އެގްރީމެންޓް" އަށް ރާއްޖެއިން ވަނީ އެއްބަސްވެފައެވެ. މީގެ އިތުރުން، ސަމިޓްގެ ހަވާސާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޢަބްދުالله ޝާހިދު (ނ.ޢ.ޢ.ވ.) ވަނީ "އިންސްޓްރޫމަންޓް އޮފް އެކްސެޝަން" ޑިޕޮޒިޓްކޮށްދެއްވާފައެވެ.
އޯ.އޭ.ސީ.ޕީ.އެސް.ގެ ފުރިހަމަ މެމްބަރު ޤަމަކަށްވުމަށް ރާއްޖެއިން ހުށަހަޅާފައި ވަނީ 2021 ވަނަ އަހަރުގެ ނޮވެންބަރު މަހުގައެވެ. އަދި 2022 މާރިޗު 23 ގައި ވަނީ އޯ.އޭ.ސީ.ޕީ.އެސް. ގައި ރާއްޖެއިން ބައިވެރިވުމަށް ރައްޔިތުންގެ މަޖިލީހުން ރުހުންދެއްވާފައެވެ. އޯ.އޭ.ސީ.ޕީ.އެސް. އިން 2022 ޖޫންގައި އެ ޖަމުޢިއްޔާގެ "އޮބްޒާވަރ ސްޓޭޓަސް" ރާއްޖެއަށް ވަނީ ދީފައެވެ.