ގަތަރުގައި ފެށި ފީފާ ވޯލްޑް ކަޕުގެ ޕްރީ-ޝޯ އަދި ފުރަތަމަ މެޗު ބައްލަވާލެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، ހުޅުމާލެ ސިންތެޓިކް ޓްރެކުގައި މެޗު ބެލުމުގެ އިންތިޒާމު ހަމަޖެހިފައިވާތަނަށް ވަޑައިގެންފިއެވެ.
ވޯލްޑްކަޕް ފެށުމުގެ ގޮތުން މިރޭ ބައްދަލުކުރާ މެޗްގައި ބައްދަލުކުރަނީ ޤަޠަރާއި އެކުއެޑޯއެވެ. ހުޅުމާލޭގެ އިތުރުން މާލެއާ ރާއްޖޭގެ އެކި ރަށްރަށުގެ ޢާންމު މައިދާންތަކުގައި ގިނަ ބަޔަކު އެއްވެ ތިބެގެން މެޗް ބެލުމަކީ ދިވެހިންގެ ތެރޭގައި އޮންނަ ޒަމާންވީ އާދައެކެވެ.
Vice President @faisalnasym joins football fans at the Hulhumalé Synthetic Track to watch the opening match of the FIFA World Cup with the host country Qatar facing Ecuador at the Al Bayt Stadium #Qatar2022 #FIFAWorldCup pic.twitter.com/PQEJJslEkp
— The President's Office (@presidencymv) November 20, 2022
މިއަހަރު ޤަޠަރުގައި ބާއްވާ ފީފާ ވޯލްޑް ކަޕް 2022 ފެށުމުގެ މުނާސަބަތުގައި ޤަޠަރުގެ އަމީރު ޝެއިޚް ތަމީމް ބިން ޙަމަދު އައްޘާނީއަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ވަނީ ތަހުނިޔާ އާއި ހެޔޮއެދުންތައް ފޮނުއްވާފައެވެ.
މިއީ އޭޝިއާ ބައްރުގައި ވޯލްޑްކަޕް ބާއްވާ ދެވަނަ ފަހަރެވެ. މީގެ ކުރިން 2002 ވަނަ އަހަރު ވަނީ ޖަޕާން އަދި ކޮރެއާ ގުޅިގެން ވޯލްޑްކަޕް ބާއްވާފައެވެ. އަދި މިއީ ގަލްފް ސަރަަހައްދުގައި ވޯލްޑްކަޕް ބޭއްވޭ ފުރަތަމަ ފަހަރެވެ.
މި ފަހަރުގެ މުބާރާތުގައިވެސް 32 ޓީމު ވާދަކުރާއިރު 64 މެޗު ކުޅޭނެއެވެ. މި މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަނުންނަކީ ފްރާންސްއެވެ. އަދި އެންމެ ކާމިޔާބު ޓީމަކީ ފަސް ފަހަރު މި މުބާރާތް ކާމިޔާބުކުރި ބްރެޒިލްއެވެ. މި ދެ ޓީމުވެސް މި މުބާރާތުގައި ފެނިގެންދާނެއެވެ.