އެމެރިކާގެ މަޝްހޫރު ސެލިބްރިޓީ އާއިލާ ކާޑޭޝިއަން އާއިލާގައި ހިމެނޭ ކްލޯއީ ކާޑޭޝިއަންގެ އައު ލޯބިވެރިއަކީ ނެޓްފްލިކްސް ކާމިޔާބު ފިލްމު "365 ޑޭޒް" ގެ ތަރި މިކެލް މޮރޯނީ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
މީޑިއާތަކުން ރިޕޯޓުކުރާ ގޮތުގައި މޮރޯނީ އާއި ކްލޯއީ މިހާރު އަންނަނީ ޑޭޓް ކުރަމުންނެވެ. މީޑިއާތަކުން މިގޮތަށް ރިޕޯޓުކޮށްފައި ވަނީ އެ ދެ މީހުން އެކީގައި ވަރަށް ގައިގޯޅިކޮށް އުޅޭ މަންޒަރުތަކެއްވެސް ލީކްވުމާ ގުޅިގެންނެވެ.
އިޓަލީއަށް އުފަން 31 އަހަރުގެ މޮރޯނީ، 38 އަހަރުގެ ކްލޯއީ ޑޭޓް ކުރާ ވާހަކަ ވަރަށް ގަދަޔަށް ދެކެވޭއިރު، ކްލޯއީ ވަނީ މީގެކުރިންވެސް ކައިވެންޏެއް ކޮށްފައެވެ. މަޝްހޫރު ބާސްކެޓް ބޯޅަ ކުޅުންތެރިޔާ ލެމާރް އޯޑޯމް އާއި 2009 ވަނަ އަހަރު ކުރި ކައިވެނި ރޫޅުނީ 2016 ވަނަ އަހަރުއެވެ.
މޮރޯނީ އަކީވެސް ކުރިން ކައިވެންޏެއްކޮށްފައިވާ މީހެކެވެ. ލުބުނާނުގެ ފެޝަން ޑިޒައިނަރެއްކަމަށްވަ ރައުބާ ސާދޭ އާއި 2014 ވަނަ އަހަރު މޮރޯނީ ވަނީ ކައިވެނިކޮށްފައެވެ. އެ ކައިވެނި ރޫޅިފައިވަނީ 2018 ވަނަ އަހަރުއެވެ.
ނެޓްފްލިކްސް އިން ދެއްކި ކާމިޔާބު ފިލްމު "365 ޑޭސް" އަށްފަހު މެރޯނީ ވަރަށް މަޝްހޫރުވެފައެވެ. މެރޯނީ ވަނީ ބޮލީވުޑް ބަތަލާ ޖެކްލީން ފެނަންޑޭޒް އާއިއެކު ހިންދީ ލަވައެއްވެސް ކުޅެފައެވެ.
ބޫޝަން ކުމާރުގެ ޓީސީރީޒުން އުފެއްދި މި ލަވަޔަކީ "މުޅު މުޅު ކޭ" އެވެ. މި އަހަރު ފެބްރުއަރީ މަހު ރިލީޒްކުރި މި ލަވަޔަކީ ޕާޓީ ސްޓައިލްގެ ލަވައެކެވެ. އަދި ބޮލީވުޑް ފިލްމަކުން ރަނގަޅު ހުށަހެޅުމެއް ލިބިއްޖެނަމަ ޤަބޫލުކުރާނެ ކަމަށްވެސް މެރޯނީ އޭރު ވަނީ ބުނެފައެވެ.