ޚަބަރު

50 ފިލްމަށްފަހު ވޫޑީ އެލަން ރިޓަޔަރ ވަނީ


ޖުމްލަ 50 ފިލްމު އުފެއްދުމަށްފަހު ހޮލީވުޑް ޑައިރެކްޓަރު/އެކްޓަރު އަދި ލިޔުންތެރިޔާ ވުޑީ އެލެން ރިޓާޔާ ވާން ނިންމައިފިއެވެ.

ފިލްމު އުފެއްދުމުން ރިޓަޔާ ކުރަން ރާވާފައި ވަނީ އޭނާގެ 50 ވަނަ ފިލްމަށް ފަހު ލިޔުންތެރިކަމަށް ފޯކަސް ކުރުމަށް ކަމަށްވެސް އެލެން ބުނެއެވެ.

އޮސްކާ އެވޯޑުވެސް އުފުލާލާފައިވާ އުމުރުން މިހާރު 86 އަހަރުގެ އެލެން ސްޕެއިންގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި ބުނީ އޭނާގެ ދެން އަންނަ ފިލްމަކީ އޭނާގެ އެންމެ ފަހު ފިލްމުކަމަށާއި، އޭގެ ފަހުން ލިޔުމަށް އިތުރަށް ފޯކަސް ކުރާނެ ކަމަށެވެ.

އެލެންގެ އެންމެ ފަހު ފިލްމަށް ވާނީ މިއަހަރުގެ ފަހުކޮޅު ފްރާންސްގައި ޝޫޓްކުރާނެ ކަމަށް ބުނި ފިލްމެވެ. އަދި މިއީ އޭނާ 2005 ވަނަ އަހަރު އުފެއްދި ތްރިލާ ފިލްމު "މެޗް ޕޮއިންޓް" ކަހަލަ ފިލްމެއް ކަމަށްވެސް އެލެން ވަނީ ބުނެފައެވެ.

އެލެން ބުނި ގޮތުގައި ޒަމާން މިހާރު ބަދަލުވެ، ފިލްމުތައް ސިނަމާތަކުގައި ދެ ދުވަހަކު އަޅުވާލުމަށްފަހު އޯޓީޓިއަށް ބަދަލުކުރެއެވެ. މިއާއެކު ކަމާކަންފަށާ ސިނަމާތަކަށް ގޮސް ފިލްމު ބަލަން ކުރިން އެ ހުންނަ ފޯރިއެއް މިހާރަކު ނުހުރެއެވެ. މިހެންވުމުން ފިލްމު އުފެއްދުމަކީވެސް އޭނާ މިހާރު އެހާ ކުރާހިތްވާ ކަމެއް ނޫން ކަމަށްވެސް އެލެން ބުންޏެވެ.

އަމިއްލަ ދަރިފުޅަށް އޭނާ އުމުރުން 7 އަހަރުގައި ޖިންސީ ގޯނާކުރި މައްސަލައެއް ފެންމަތިވެ، އެލެންގެ ފިލްމީ ކެރިއަރަށް ވަނީ ވަރަށް ބޮޑަށް އަސަރުކޮށްފައެވެ. 4 ފަހަރެއްގެ މަތިން އެކެޑެމީ އެވޯޑް ލިބިފައިވާ އެލެން މިހާރު ދަނީ އޭނާގެ 50 ވަނަ އަދި މިހާރު ފައިނަލް ފީޗަރ "ވަޓްސް އަޕް 22" ގެ މަސައްކަތް ކުރަމުންނެވެ.

އެލެންގެ ފާހަގަކޮށްލެވޭ ފިލްމުތަކުގެ ތެރޭގައި 1988 ވަނަ އަހަރު ދެއްކި "އަނަދާ ވުމެން" ، 1987 ވަނަ އަހަރު ދެއްކި "ރޭޑިއޯ ޑޭސް" 1986 ވަނަ އަހަރު ދެއްކި "ހަނާ އެންޑް ހާ ސިސްޓާސް" އަދި 1979 ވަނަ އަހަރު ދެއްކި "މެންހަޓަން" ހިމެނެއެވެ.