ތުރުކީވިލާތުން ގްރީސްއަށް ރެފިއުޖީން ގޮވައިގެން ދަތުރުކުރަމުން ދިޔަ ބޯޓެއް ބަންޑުން ޖަހާލާ ހިނގި ޙާދިސާއެއްގައި 38 މީހުން މަރުވެއްޖެއެވެ.މަރުވި މީހުންގެ ތެރޭގައި ގިނަ އަދަދެއްގެ ކުޑަކުދިން ވެސް ހިމެނޭ ކަމަށް ޚަބަރު ލިބެއެވެ. ނުރައްކާތެރި އޭޖިއަން ކަނޑުގައި ހިނގި މި އެކްސިޑެންޓްގައި 60 މީހުން ސަލާމަތްކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.ތުރުކީގެ އައްސޭރިފަށް ކައިރިން މި އެކްސިޑެންޓް ހިނގާފައިވަނީ މެދު އިރުމައްޗާއި އެފްރިކާގެ ޤައުމުތަކުން ކަނޑުމަގުން ވިލާތަށް ހިޖުރަ ކުރުމަށް މަސައްކަތްކުރާ މީހުންގެ ތެރެއިން ގިނަ އަދަދެއްގެ ބަޔަކު މަރުވަމުންދާތީ ހިޖުރަކުރުމާބެހޭ ބައިނަލްއަޤްވާމީ ޖަމާޢަތުން މިކަމާ ކަންބޮޑުވުން ފާޅުކޮށްފައިވާ ދަނޑިވަޅެއްގައެވެ.އެޖަމާޢަތުން ބުނެފައިވަނީ މިއަހަރުގެ މިހާތަނަށް 244 އަށް ވުރެ ގިނަ މީހުން މިފަދަ އެކްސިޑެންޓްތަކުގައި މަރުވެފައިވާ ކަމަށެވެ. އަދި މިއަހަރުގެ މިހާތަނަށް 55 ހާހަށް ވުރެ ގިނަ މީހުން ވިލާތަށް ކަނޑުމަގުން ހިޖުރަކޮށްފައިވާ ކަމަށް ވެސް އެޖަމާޢަތުން ހާމަކުރެއެވެ.