ޚަބަރު

ޒަޚަމްތަކަކާއެކު ހުޅުމާލޭ މަގުމަތީގައި ބިދޭސީއަކު އޮތްވާ ފެނިއްޖެ


ޒަޚަމްތަކަކާއެކު ހުޅުމާލޭ މަގުމަތީގައި ބިދޭސީއަކު އޮއްވާ ފެނިއްޖެއެވެ.

ފުލުހުން ބުނެފައިވަނީ އަނިޔާތަކެއް ލިބިފައި އޮތް ބިދޭސީއެއް ހުޅުމާލޭ މަގުމަތީގައި އޮތްކަމުގެ މައުލޫމާތު ލިބިގެން އެމީހާ ފުލުހުންގެ އެހީގައި ހުޅުމާލޭ ހޮސްޕިޓަލަށް ގެންގޮސްފައިވާކަމަށެވެ.

ފުލުހުން ވިދާޅުވީ މިހަދިސާއާ ގުޅުންހުރި ކަންކަން ބަލަމުންދާކަމަށެވެ.