ހުޅުމާލޭގައި މިރޭ ހަވާ އަރުވާން ހަމަޖެހިފައިވާ ކަމަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ވިދާޅުވެއްޖެއެވެ.
އެމްއެންޑީއެފުން ވިދާޅުވީ މިރޭ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހަވާއެރުވުން ބޭއްވުމަށް ވަނީ 21:00 ގައި ކަމަށެވެ. ހަވާ އަރުވަނީ އަމިއްލަ ފަރާތަކުން އެދިގެން ކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ.
ތަފާތު މުނާސަބަތުތަކާ ގުޅުވައިގެން މާލެއާއި މާލޭން ބޭރުގައިވެސް ހަވާއެރުވުމުގެ ހަރަކާތްތައް ކުރިއަށް ގެންދެއެވެ. މިކަން ކުރަނީ އެމްއެންޑީއެފްގެ ބެލުމުގެ ދަށުންނެވެ.