ކޯވިޑް ޖެހޭ މީހުންނާއި ކޮންޓެކްޓްވާ މީހުންގެ މަޢުލޫމާތު ވީ އެންމެ އަވަހަކަށް އީމެއިލް މެދުވެރިކޮށް ފޮނުވުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ އެޗްޕީއޭއިން އަންގައިފިއެވެ.
އެ އެޖެންސީން މިގޮތަށް އަންގާފައިވަނީ މާލެ ސަރަޙައްދުގައި ކޯވިޑް-19 ގެ ކޭސްތައް އިތުރުވަމުންދާތީ، އާންމުކޮށް ކުރިއަށްގެންދާ ގޮތަށް ޕޮޒިޓިވްވެފައިވާ ހުރިހާ ފަރާތްތަކަށް ގުޅާ ކޮންޓެކްޓް ޓްރޭސިންގ ހެދުމަށް މިވަގުތު ދަތިވުމާ ގުޅިގެންނެވެ. އެހެން ކަމުން އެ އެޖެންސީން ވަނީ ޕޮޒިޓިވްވެފައިވާ މީހުންނާއި ކޮންޓެކްޓްވާ މީހުންގެ މައުލޫމާތު ވީހާވެސް އަވަހަށް ހޯދައި ދެނެގަތުމަށްފަހު އެކަން ލިޔުމުން އެންގުން އަވަސްކުރުމުގެ ގޮތުން ޕޮޒިިވްވެފައިވާ މީހުންގެ ފަރާތުން އެ މަޢުލޫމާތު އީމެއިލްގެ ޒަރިއްޔާއިން ހުށައެޅުމަށް އަންގާފައެވެ.
ދުވަސްތަކަކަށް ފަހު އަނެއްކާވެސް ރާއްޖޭގައި ކޯވިޑްއަށް ޕޮޒިޓިވްވާ މީހުންގެ ޢަދަދުވަނީ އިތުރުވާން ފާށާފައެވެ. މިގޮތުން އެންމެ ފަހުންވެސް 500އަށްވުރެ ގިނަ މީހުން ޕޮޒިޓިވްވެފައިވާއިރު މާލެ ސަރަޙައްދުން ޕޮޒިޓިވްވާ މީހުންގެ ނިސްބަތް ވަނީ އިތުރުވެފައެވެ.
ބަލި ޖެހޭ މީހުނގެ އަދަދު އިތުުރވުމާ ގުޅިގެން އަނެއްކާވެސް ފިޔަވަޅުތައް ވަރުގަދަކުރުމާއި ބަލިން ރައްކާތެރިވުމަށް ކަނޑައަޅާފައިވާ އުޞޫލްތަކަށް އަމަލުކުރުމަށް ކަމާބެހޭ ފަރާތްތަކުން އަންނަނީ އިލްތިމާސް ކުރަމުންނެވެ.