ޚަބަރު

ހުރަވީ ބިލްޑިންގ ތަޅާލާ ޕާކިންއާއެކު ޕާކެއް ތަރައްޤީކުރަނީ


ސަރުކާރުގެ ގިނަ އޮފީސްތަކެއް ހިންގި ހުރަވީ ބިލްޑިންގ ޢިމާރާތް ތަޅާލައި އެތަނުގައި ޕާކިންއާއެކު ޕާކެއް ތަރައްޤީކުރުމަށް ނިންމައިފިއެވެ.

ހުރަވީ ބިލްޑިއަން އަކީ 35 އަހަރަށްވުރެ ގިނަ ދުވަސްވީ ޢިމާރާތެކެވެ.

ހުރަވީ ބިލްޑިން ބާވެ އެތަނަކީ ރައްކާތެރި ތަނެއް ނޫންކަމަށް ކަނޑައެޅުމާއެކުވެސް ވަރަށް ފަހަކާ ޖެހެންދެންވެސް އެ ޢިމާރާތް ބޭނުންކުރިއެވެ. އެ ޢިމާރާތުގައި ދައުލަތުގެ ގިނަ މުއައްސަސާތަކެއް ހިންގިއެވެ. އޭގެ ތެރޭގައި އެންޓި ކޮރަޕްޝަން ކޮމިޝަނާއި ނެޝަނަލް އިންޓަގްރިޓީ ކޮމިޝަނާއި އިމިގްރޭޝަނާއި ޓްރާންސްޕޯޓް އޮތޯރިޓީ އާއި މާލޭ ސިޓީ ކައުންސިލްގެ ބައެއް ޔުނިޓްތައްވެސް ވަރަށް ފަހަކާ ޖެހެންދެން ހިންގިއެވެ. އެ ޢިމާރާތް ބޭނުންކުރަމުން އާއިރުވެސް ތަފާތު އެކި ހާދިސާތައް ހިންގާފައިވެއެވެ.

އެ ޢިމާރާތަކީ އަކިރި ބޭނުންކޮށްގެން 4 ފަންގި ފިލާއަށް ޢިމާރާތްކޮށްފައިވާ ޢިމާރާތެކެވެ. އެތަނުގައި ފަންގިފިލާތައް ހުރީ ޑެކް އަޅައިގެންނެވެ. ނަމަވެސް ގިނަ ދުވަސްވެ ޢިމާރާތުގެ ބައެއް ތަންތަން ވެއްޓި ހިތާމަވެރި ހާދިސާތައް ހިނގާފައި އެބަހުއްޓެވެ. އެގޮތުން ޝީޓުން ބައެއް ވެއްޓި، ޕާކުކޮށްފައި ހުރި ސައިކަލަކަށް ގެއްލުންވެފައިވެސް އެބަހުއްޓެވެ. އަދި ފަސް ވަރަކަށް އަހަރު ކުރިން ވެސް ހުރަވީ ބިލްޑިންގްގެ ޝީޓުގެ ބައެއް ވެއްޓި އުމުރުން ދުވަސްވީ މީހަކަށް އަނިޔާވެފައިވެއެވެ.

ހުރަވީ ބިލްޑިންއަކީ ރައްކާތެރި ތަނަކަށް ނުވުމާއެކު އެ ޢިމާރާތް މިހާރު ވަނީ ހުސްކޮށް އެތަނުގައި ހިންގަމުން އައި އޮފިސްތައްވެސް އެހެން ޢިމާރާތްތަކަށް ބަދަލުކޮށްފައެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން މިނިސްޓަރ އޮފް ސްޓޭޓް ފޯރ ނެޝަނަލް ޕްލޭނިން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އަކްރަމް ކަމާލުއްދީން ވިދާޅުވީ ހުރަވީ ބިލްޑިން ޢިމާރާތް ކުރިއަށް އޮތް ދެތިން މަހެއްހާ ދުވަހުގެ ތެރޭގައި ތެރޭގައި ތަޅާލާނެކަމަށެވެ. އަކްރަމް ވިދާޅުވީ އެ ޢިމާރާތް ތަޅާލާ އެތަނުގައި ޕާކެއް ތަރައްޤީކުރުމަށް ނިންމާފައިވާކަމަށެވެ. އަދި އެ ޕާކް ތަރައްޤީކުރަނީ ޕާކް ކުރެވޭނެ އިންތިޒާމްތަކާއެކުކަމަށްވެސް އަކްރަމް ވިދާޅުވިއެވެ.

ހުރަވީ ބިލްޑިންގްގައި ހިންގާ އޮފީސްތައް ހުސްކޮށް، އެ އިމާރާތް ތަޅައިލަން 2010 ވަނަ އަހަރު ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުންވެސް ނިންމިއެވެ. ނަމަވެސް ހުރަވީ ބިލްޑިންގްގައި ހިންގަމުން އައި އޮފީސްތައް ބަދަލުކުރާނެ އެހެން އިމާރާތެއް އޭރު ނެތުމުން އެކަން ނުވީކަމަށް ސަރުކާރުން ބުނެފައިވެއެވެ. ހުރަވީ ބިލްޑިންގަކީ ރައީސް މައުމޫނުގެ ވެރިކަމުގެ ކުރީކޮޅު އެޅި އޮފީސް އިމާރާތެކެވެ.